logo

އިންޑިއާގައި ހުންނަވާ ސަފީރަކަށް އަޒީމާ އައްޔަންކުރަނީ

profile

ޝުރުފާ މުހައްމަދު - 14 އޮކްޓޯބަރު 2024 - 10:11

އިންޑިއާގައި ހުންނަވާ ސަފީރުކަމަށް ނަން ފޮނުވި އައިޝަތު އަޒީމާ:

އިންޑިއާގައި ހުންނަވާ ސަފީރުކަމަށް ނަން ފޮނުވި އައިޝަތު އަޒީމާ:

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައި މިހާރު ހުންނެވި އާއިޝަތު އަޒީމާ އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

އެ މަގާމަށް އާޒިމާ އައްޔަންކުރުމަށް ހުށަހެޅުއްވީ ރާއްޖެއިން އިންޑިއާ އަށް ކަނޑައަޅާފައި ހުންނަ ސަފީރު އިބްރާހިމް ޝިހާބުގެ ސަފީރުކަމުގެ ދައުރު ހަމަވެފައިވާތީއެވެ. ޝިހާބު އެ މަގާމަށް އައްޔަންކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހަންމަދު ސާލިހުގެ ދައުރުގައި 2022 ވަނަ އަހަރުއެވެ.

އިންޑިއާގައި ހުންނަވާ ސަފީރުކަމަށް އައްޔަންކުރުމުގެ ކުރިން އޭނާ ވަނީ ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމުވެސް ފުރުއްވާފައެވެ. އެ މަގާމުގައި އޭނާ ހުންނެވީ 1 އަހަރުގެ މުއްދަތަކަށެވެ.

އެހެންވެ ފޮރިން ސަރވިސްގެ ގާނޫނުގައިވާގޮތުގެ މަތިން ޝިހާބަށް ސަފީރުކަމުގައި ހުރެވޭނެ 3 އަހަރު ވަނީ ހަމަވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް މިއަދު ފަށާފައިވާއިރު، މިއަދުގެ އެޖެންޑާގައި ވަނީ ޝިހާބުގެ ބަދަލުގައި އާޒިމާ އައްޔަންކުރުމުގެ މައްސަލަ އެޖެންޑާ ކޮށްފައެވެ.

އާޒިމާ އަކީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައި ހުންނަވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ.

އަޒީމާގެ ނަން މިހާރުވަނީ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަަށް ފޮނުވާފައެވެ.


https://wamco.com.mv/
tel:+9607331319