
ބޭންކް އޮފް މޯލްޑިވްސް- ފޮޓޯ: ސޯޝަލް މޯޑިއާ
ބީއެމްއެލްގެ ސީއީއޯގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

އައިޝަތު އިނާޝާ - 22 ސެޕްޓެމްބަރު 2024 - 17:59
ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ސީއީއޯގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
ބީއެމްއެލް ސީއީއޯގެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި:
- ބޭންކިން ދާއިރާއިން 15 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހިމެނޭ ގޮތަށް ސީނިއާ އެކްސްކިއުޓިވް މެނޭޖްމަންޓްގައި ފަސް އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
- ޕްލޭން ކުރުމުގެ ވަރުގަދަ ވިސްނުމަކާ އެކު ވަރުގަދަ ލީޑަޝިޕެއްގެ އަދި މެނޭޖްމަންޓުގެ ހުނަރުތައް ލިބިފައިވުން
- ވިޔަފާރީގެ ކުޅަދާނަކަމާއި މުއާމަލާތު ކުރުމާއި، މީހުން ބެލެހެއްޓުމާއި، ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން
- ބޭންކިން، ފައިނޭންސް ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން ގްރެޖުއޭޓް ފާހެއް ލިބިފައިވުން
- ޕްރޮފެޝަނަލް ބޭންކިން ބޮޑީއެއްގެ މެންބަރަކަށްވުން
ބީއެމްއެލުން ބުނި ގޮތުގައި ސީއީއޯގެ މުސާރަ ކަނޑައެޅޭނީ ތައުލީމާއި ތަޖުރިބާގެ މައްޗަށެވެ. މުސާރައިގެ އިތުރަށް ލިބޭ އެހެނިހެން އިނާޔަތްތަކުގެ ތެރޭގައި ހިމެނެނީ ދިރިއުޅޭނެ ތަނެއް، ކާރެއް، މެޑިކަލް އެލަވަންސް، ރިޕެޓްރިއޭޝަން ގްރާންޓް، އެނުއަލް އެއާފެއާއިއެކު މުސާރަ ލިބޭ ޗުއްޓީ ހިމެނެއެވެ.
ބީއެމްއެލްގެ ސީއީއޯގެ މަގާމަށް އެދި ހުށަހެޅުމުގެ ސުން ގަޑިހަމަވާނީ އަންނަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހަށެވެ.
ބީއެމްއެލްގެ ސީއީއޯގެ މަގާމު ހުސްވެފައިވަނީ މީގެ ކުރިން އެމަގާމުގައި ހުންނެވި ކާރލް ސްޓުމްކަ މިމަހުގެ 8 ވަނަ ދުވަހު އިސްތިއުފާދިނުމާ ގުޅިގެންނެވެ.
ސީއީއޯގެ މަޤާމަށް ބޭފުޅަކު ހޯދުމުގެ މަސައްކަތް ކުރިޔަށްދާއިރު މި މުއްދަތުގައި ބޭންކު ހިންގުމުގެ ޒިންމާ އަދާކުރައްވަނީ ޑިޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން އެވެ.
ގުޅުން ހުރި ޙަބަރުތައް

އެމްޑީޕީ އަދި މުސަޅު ހެދިގެން އުޅޭކަށް ނުވެ އެވެ!
5 ގަޑިއިރު ކުރިން
ހަނގުރާމައިގައި ބޭނުންކުރަން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ދީފައިނުވާނެ: ސަރުކާރު
6 ގަޑިއިރު ކުރިން

ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅާނީ ރައްޔިތުންނަށް ބުރަ ނުވާނެހެން: ހާރިޖީ ވަޒިރު
6 ގަޑިއިރު ކުރިން

ބޭންކް އޮފް މޯލްޑިވްސްގެސްޕޯޓްސް ސްކޮލަރޝިޕް ލިބޭ އެތުލީޓު ހޮވައިފި
9 ގަޑިއިރު ކުރިން


.gif&w=3840&q=75)