logo

ހުމާއި ރޯގާ އިތުރުވާތީ ސަމާލުވާން އަންގައިފި

profile

ރިޟްވާން މޫސާ - 16 ޖޫން 2026 - 07:57

ރާއްޖޭގެ އެކި ހިސާބުތަކުގައިވެސް ގައިންގަޔަށް އަރާ ބަލިތައް މިދިޔަ މަހު އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެޗްޕީއޭއިން ވަނީ މަދިރީގެ ޒަރިއްޔާއިންޖެހޭ ޑެންގީހުމާއި އަރިދަފުސް ރޯގާވެސް ގިނަ އަތޮޅުތަކުގައި އިތުރުވެފައިވާކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށް ބުނެފަ އެވެ. އެހެން ކަމުން ވީހާވެސް ބޮޑަށް މި ބަލިތަކުން ރައްކާތެރި ފިޔަވަޅު އެޅުން މުހިންމު ކަމުގައި އެޗްޕީއޭ އިން ވަނީ އިރުޝާދު ދެއްވާފަ އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މެއި މަހު ޑެންގީ ހުމާގުޅޭ 778 ކޭސްވަނީ ރިޕޯޓުކޮށްފައެވެ. އަރިދަފުސް ރޯގާޖެހިގެން 40،457 ކޭސް ރިޕޯޓުކޮށްފައިވާއިރު މިއީ އޭގެ ކުރީ މަހާ އަޅާ ބަލާއިރު ދެގުނަ އިތުރު ޢަދަދެކެވެ.

މިއަހަރުގެ މިހާތަނަށް 1000 އަށްވުރެ ގިނަ މީހުން ޓެސްޓުކޮށްފައިވާއިރު އޭގެތެރެއިން 680 މީހަކުވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައެވެ. ހަމައެއާއެކު ބޭރަށްހިނގުން އިތުރުވެފައިވާތީ އާންމު ސާފުތާހިރުކަމަށް ސަމާލުވުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.

އެޗްޕީއޭއިން ވިދާޅުވީ މިދުވަސްވަރު، ހުމާއި ރޯގާ އިތުރުވެފައިވާތީ، ކެއްސާ ކިނބިހި އަޅާއިރު އަނގަމަތި ނިވާކުރުމަކީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް މުހިއްމުކަމެއްކަމަށެވެ. ހަމައެއާއެކު ބަލީގެ ޢަލާމާތްތައް ހުންނަ ފަރާތްތައް މީހުން އެއްވެ އުޅޭ ތަންތަން ނުދިޔުމަށާއި، ބޭރަށް ދާއިރު މާސްކު ބޭނުންކުރުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.

ހުމާ ރޯގާ އަދި ޑެންގީ ބައްޔަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކުން އަރާމުކުރުމަށާއި ގިނައިން ދިޔާތަކެތި ބޭނުންކުރުމަށްވަނީ އިރުޝާދުދެއްވާފައެވެ.


https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk