logo

ބޯހިޔާވަހިކަމުގެ ޕޯޓަލް ޑައުންވި މައްސަލަ ހައްލުކޮށް މުއްދަތު އަލުން އިތުރުކޮށްފި!

profile

ރިޟްވާން މޫސާ - 16 ޖޫން 2026 - 06:01

ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ސަރުކާރުން ކުރިއަށް ގެންދާ ހައުސިން މަޝްރޫއަށް އެދި ހުށަހެޅުމަށް ބޭނުންކުރާ ޕޯޓަލް ރޭގެ ވަގުތެއްގައި އެއްކޮށް ޑައުންވެފައި ވަނީކޮށް އެ މައްސަލަ އަލުން ހައްލުކޮށް ޕޯޓަލް ބޭނުންކުރެވޭ ގޮތް ހަދައިފި އެވެ.

https://wamco.com.mv/

ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން ސަރުކާރުން ކުރިއަށްގެންދާ ހައުސިންގ މަޝްރޫއަށް އެދި ހުށަހެޅުމުގެ މުއްދަތު މީގެ ކުރިން ހަމަވާން އޮތީ ރޭ ދަންވަރު 12 ޖަހަންދެންނެވެ.

ބޯހިޔާވަހިކަން ޕޯޓަލް އަށް ވަނުމަށް މަސައްކަތް ކުރާއިރު ސާރވަރ އެރޯ އެއް ކުރިމަތިވާ ކަމަށް އެ ޕޯޓަލް ބޭނުންކުރަން މަސައްކަތްކުރުމުން ވަނީ ފާހަގަކުރެވިފަ އެވެ. އަދި މީސް މީޑިއާގައި ވެސް ގިނަ ބަޔަކު ބޯހިޔާވަހިކަން ޕޯޓަލް އަށް ނުވަދެވޭ ކަމުގެ ޝަކުވާވެސް ކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.

ގެދޮރުވެރިކަމާއިބެހޭ ވުޒާރާއިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ބޯހިޔާވަހިކަމުގެ ޕޯޓަލް ރޭގެ ވަގުތެއްގައި ޑައުންވެފައި ވުމުން އެ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށާއި، މިފަދަ ޓެކްނިކަން މައްސަލައެއް ދިމާވުމުގެ ސަބަބުން ފޯމު ހުށައަޅަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިރޭ (16 ވަނަ ދުވަހުގެ ރޭ 02:00 ) އަށް މުއްދަތު އިތުކޮށްފައިވާ ކަމަށެވެ.

"ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން ދޫކުރުމަށްހަމަޖެހިފައިވަނީ 1250 އަކަފޫޓުގެ 15,000 (ފަނަރަ ހާސް) ގޯއްޗާއި 7900 (ހަތް ހާސް ނުވަ ސަތޭކަ) ފުލެޓެވެ. ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާނީ މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށެވެ.

އާއިލީ ބޯހިޔާވެހިކަމުގެ ދަށުން ގޯތި ދޫކުރަނީ މާލޭ ރަށްވެހިންގެ ކެޓެގަރީއަށާއި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ އެހެން ރަށްރަށުގެ މީހުންނަށެވެ. އެއީ 1،250 އަކަފޫޓުގެ ބިމެވެ.

މި ސްކީމްގެ ދަށުން މާލޭގެ ރަށްވެހިންނަށް 10،000 ބިން، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3،000 ބިން، މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް 500 ބިން އަދި މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުންނާއި އަދި އެ ބިމެއް ތަރައްގީކުރުމަށް ދަތިވާ ގޯތިތަކާއި ލާޖައްސައިގެން ބައްދަލުކުރާ ފަރާތްތަކަށް 1،500 ބިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭ ރަށްވެހިންނަށް 4،000 ފްލެޓް، މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް 1،500 ފްލެޓް އަދި ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް ޖުމްލަ 2،400 ފްލެޓް އާއިލީ ބޯހިޔާވެހިކަމުގެ ދަށުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk