
އެޑަލްވިސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި

މުޙައްމަދު ފަޟްލޫން - 23 އޭޕްރީލު 2026 - 08:40
ސްވިޒަލޭންޑުގެ އެއަރލައިނެއް ކަމަށްވާ އެޑަލްވިސްއިން، ކުރިއަށް އޮތް ސަމަރ މޫސުމުގެ ދުވަސްވަރު ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ.
އެމްއޭސީއެލް އިން ބުނީ މިހާރު ކުރަމުންދާ ދަތުރުތަކުގެ އިތުރުން، ޖުލައި މަހުގެ 4 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ހަފުތާއަކު ދެ ފްލައިޓް އިތުރަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތައް ކުރުމަށް ތާވަލުކޮށްފައިވަނީ ކޮންމެ ހަފުތާއެއްގެ ބުދަ އަދި ހޮނިހިރު ދުވަހުއެވެ.
މި އިތުރުކުރެވޭ ދަތުރުތަކާއެކު، އެ މުއްދަތުގެ ތެރޭގައި ޖުމްލަ 21 ފްލައިޓް އިތުރަށް ރާއްޖެއަށް އަންނާނެއެވެ. އެޑަލްވިސް އަކީ ސްވިޒަލޭންޑުގެ ތިންވަނައަށް އެންމެ ބޮޑު އެއަރލައިން ކަމަށްވާއިރު، އެ އެއަރލައިނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި މުހިންމު ދައުރެއް އަދާކުރާ އެއަރލައިނެކެވެ.
އެޑަލްވިސްއިން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 4 ނޮވެމްބަރު 2000 ގައެވެ.
މިއަހަރަކީ އެ އެއަރލައިނުން ރާއްޖެއަށް ދަތުރުކުރާތާ 25 އަހަރު ފުރޭ އަހަރެވެ. މި ދިގު މުއްދަތުގައި އެ އެއަރލައިނުން ވަނީ މެދުކެނޑުމެއްނެތި ރާއްޖެއާއި ސްވިޒަލޭންޑާ ދެމެދު ވައިގެ ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދީފައެވެ.
މިއީ، މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ފްލައިޓްތައް އަންނަ ޑިމާންޑް މަދުވެފައިވާ ދުވަސްކޮޅެއްގައި ރާއްޖެއަށް އަންނަ ފަސިންޖަރުންގެ އަދަދު އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމަކެވެ.
ގުޅުން ހުރި ޙަބަރުތައް
.jpeg&w=3840&q=75)
އެއްބައި ނިމިފައިވާ ބްރިޖް ޕްރޮޖެކްޓަކީ ބްރިޖެއް ނެތް ފަދަ ކަމެއް: ޑރ މުއްތަލިބު
މިނިޓެއް ކުރިން

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ބޭންކް އޮފް މޯލްޑިވްސް އިން އައު ހޯމް ފައިނޭންސިން އެއް
29 މިނިޓު ކުރިން

ޖާބިރު ޕީއެންސީއަށް ސޮއިކުރައްވައިފި
2 ގަޑިއިރު ކުރިން

86 ކިލޯގެ ޑްރަގްސް ކަސްޓަމްސް އިން އަތުލައިގަނެފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)