logo

86 ކިލޯގެ ޑްރަގްސް ކަސްޓަމްސް އިން އަތުލައިގަނެފި

profile

މުޙައްމަދު ފަޟްލޫން - 23 އޭޕްރީލު 2026 - 08:42

އަހަރުގެ މިހާތަނަށް 86 ކިލޯގެ ޑްރަގްސް ކަސްޓަމްސް އިން އަތުލައިގަނެފިއެވެ.

https://wamco.com.mv/

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވީ 86 ކިލޯގެ ޑްރަގްސް ނުވަތަ މަސްތުވާތަކެތި ކަސްޓަމްސް މެދުވެރިކޮށް އަތުލައިގަނެފައިވަނީ ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެ އެތެރެކުރާ ޕާރިސަލް ތަކާއި އެހެނިހެން މުދާ މެދުވެރިކޮށެވެ.

މިއަހަރުގެ މާޗް މަހުގެ 4 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ފުލުހުންނާއި ކަސްޓަމްސުން 39.4 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް އިހްސާން ވިދާޅުވިއެވެ.

މި މުއްދަތުގައި މަސްތުވާތަކެތީގެ 14 މައްސަލައެއްގައި ހިމެނޭ މީހުން ކަސްޓަމްސުން އިންޓަސެޕްޓްކޮށްފައިވާއިރު މީގެ ތެރެއިން 38 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައި ވަނީ ކަސްޓަމްސުން ކަމަށް އިހްސާން ވިދާޅުވިއެވެ.

މި އަހަރު ގާތްގަނޑަކަށް 2،003 ވޭޕް ސްޓިކް އަތުލައިގަނެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk