
ޖާބިރު ޕީއެންސީއަށް ސޮއިކުރައްވައިފި

މުޙައްމަދު ފަޟްލޫން - 23 އޭޕްރީލު 2026 - 10:46
ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު، ވެރިކަން ކުރާ ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.
ޖާބިރު ޕީއެންސީއަށް ސޮއިކުރެއްވީ މިއަދު އެވެ.
ޖާބިރު މީގެ ކުރިންވެސް އަންނަނީ ރައީސް ޑރ މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވައި ކެމްޕްން ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.
ޖާބިރު ޕީއެންސީއަށް ސޮއިކުރެއްވުމަށްފަހު ވިދާޅުވީ އެ ޕާޓީއާ ގުޅިވަައިގެން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.
އެގޮތުން ޕީއެންސީގެ ޓީމާއެކު އެކި ކަންކޮޅުތަކަށް ޒިޔާރަތްކުރައްވައި މެންބަރުން އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހާއްސަކޮށް ގިނަ ޒުވާނުން އެ ޕާޓީއަށް ވެއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އެއްބާރުލުންދީ ޕާޓީ ތެރޭގައި ބާރަށް މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖާބިރު ވަނީ ހުރިހާ ފަރާތްތަކުން ވެސް ޕީއެންސީއަށް ގުޅުމަށް ގޮވާލައްވައިފައެވެ.
ގުޅުން ހުރި ޙަބަރުތައް
.jpeg&w=3840&q=75)
އެއްބައި ނިމިފައިވާ ބްރިޖް ޕްރޮޖެކްޓަކީ ބްރިޖެއް ނެތް ފަދަ ކަމެއް: ޑރ މުއްތަލިބު
މިނިޓެއް ކުރިން

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ބޭންކް އޮފް މޯލްޑިވްސް އިން އައު ހޯމް ފައިނޭންސިން އެއް
29 މިނިޓު ކުރިން

86 ކިލޯގެ ޑްރަގްސް ކަސްޓަމްސް އިން އަތުލައިގަނެފި
5 ގަޑިއިރު ކުރިން

އަންނަ ހަފުތާގައި ބޮޑުތަކުރުފާނު މަގުގައި ތާރުއެޅުމުގެ މަސައްކަތް ފަށާނެ: އެމްޓީސީސީ
5 ގަޑިއިރު ކުރިން


.gif&w=3840&q=75)