logo

އަންނަ ހަފުތާގައި ބޮޑުތަކުރުފާނު މަގުގައި ތާރުއެޅުމުގެ މަސައްކަތް ފަށާނެ: އެމްޓީސީސީ

profile

މުޙައްމަދު ފަޟްލޫން - 23 އޭޕްރީލު 2026 - 08:41

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މިހާރު ހަދަމުންދާ ސަރަހައްދުގައި ތާރުއެޅުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

https://wamco.com.mv/

އެމްޓީސީސީން ބުނީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ނަރުދަމާ އާއި ފެން ހޮޅި އެޅުމުގެ މަސައްކަތްތައް ނިންމާލާފައިވާކަމަށެވެ.

މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ނަރުދަމާ އަޕްގްރޭޑްކުރުމާއި، ކުއީވޯލް ސައިޑް ކަރބްސްޓޯން އިންސްޓޯލްކުރުމާއި ކޭބަލް ޖަންކްޝަންތަކާއި، ސްޓޯމްވޯޓަރ އިންސްޓޯލްކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

މި މަސައްކަތްތައް ހަފްތާއެއްގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

އަންނަ ހަފުތާގައި ތާރު އެޅުމުގެ ކުރިން ސަބް ބޭސް ތައްޔާރުކުރުމާއި، އޭބީސީ އެޅުން ފަދަ މަސައްކަތްތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޝީޓް ޕައިލް ކުރުމުގެ މަސައްކަތްވެސް ތާވަލާ އެއްގޮތަށް ކުރިއަށްދާކަމަށާއި މިހާތަނަށް 243 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ނިންމާލާފައިވާކަމަށް އެމްޓީސީސީ އިން މައުލޫމާތުދެއެވެ.

ބޮޑުތަކުރުފާނު މަގުގެ ހެދުމުގެ 5 ވަނަ ސެގްމެންޓްގެ މަސައްކަތުގެ ދަށުން މިހާތަނަށް 47 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ތިންވަނަ ބައެއްގެ ގޮތުގައި ކުރިއަށްދަނީ، ފޭސް 1ގެ ސެގްމަންޓް 2 އިން 5އާއި ހަމައަށް އޮންނަ ސަރަޙައްދުގައެވެ. އެއީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ހިމެނޭ 700 މީޓަރުގެ ސަރަޙައްދެވެ.

މުޅި މަޝްރޫޢުގައި 610 މީޓަރުގެ އެއްގަމު ތޮށި އައުކޮށް، ތަރައްގީކުރުން ހިމެނެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރަމުންދާއިރު، އެ މަގުގެ ފަރުމާއަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ބަދަލުތަކާއެކު ތާރުއަޅާ ތަރައްގީ ކުރާއިރު، އެންމެ ބޮޑު އެއް ފަސޭހައަކަށްވަނީ މަގު އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމެވެ.

އައު ފަރުމާގެ ދަށުން މަގުން ގާތްގަނޑަކަށް 6 މީޓަރު ބޭރަށް ޖައްސާ މަގު ފުޅާކުރާނެއެވެ.

މިހާތަނަށް އެ މަސައްކަތް ނިންމި، އިއްޒުއްދީނު ފާލަމުން ފެށިގެން ނޯތު ހަބަރާ ހަމައަށް އޮންނަ ސަރަޙައްދަށް ބަލާއިރުވެސް މި ލުއިފަސޭހަކަން ވަރަށް ބޮޑަށް ލިބިފައިވެއެވެ.

ފެރީ ލޯންޗުތަކާއި، މުދާ އުފުލާ ބޮޑެތި ބޯޓުފަހަރާއި، މަސް ދޯނިތައް އަޅާ ޚިދުމަތްދޭ ސަރަހައްދުތަކުގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބި، ޓްރެފިކް ތޮއްޖެހުން ކުޑަވެ، މަގުގައި ދުއްވާ މީހުންނަށްވެސް އޭގެ ލުއިފަސޭހަކަން ވަނީ ލިބިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk