logo

އެއްބައި ނިމިފައިވާ ބްރިޖް ޕްރޮޖެކްޓަކީ ބްރިޖެއް ނެތް ފަދަ ކަމެއް: ޑރ މުއްތަލިބު

profile

މުޙައްމަދު ފަޟްލޫން - 23 އޭޕްރީލު 2026 - 13:13

އެއްބައި ނިމިފައިވާ ބްރިޖް ޕްރޮޖެކްޓަކީ ބްރިޖެއް ނެތް ފަދަ ކަމެއް ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ތިލަމާލެ ބްރިޖާއި ގުޅިގެން ވަޒީރު ވަނީ ބްރިޖް މަސައްކަތް ކުރިއަށް ނުދާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ މިވަގުތު މަޝްރޫއުތައް ހުއްޓުމުގައި އެއްވެސް ބައެއްގެ މަސްލަހަތު ނުހިމެނޭ ކަމަށެވެ.

ބްރިޖް ވީހާވެސް އަވަހަކަށް ނިންމަން ކޮންޓްރެކްޓަރަށް ވެދެވެން އޮތް އެހީތެރިކަމެއް ވެދީގެން ކުރުމަކީ ސަރުކާރުން އެންމެ ބޮޑަށް ވިސްނަމުންދާ ކަންތައް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ނުހުއްޓި ވީހާވެސް ބާރަށް ކުރިއަށްގެންދިއުމަށްޓަކައި ކޮންޓްރެކްޓަރަށް އިތުރު ޕެނަލްޓީއެއް ނާންނަ ގޮތަށް މުއްދަތު އިތުރުކޮށްގެން މަސައްކަތް ނިންމަން މަޝްވަރާ ކުރެވިފައިވާ ކަމަށް ވަޒީރު ވިދާލުވިއެވެ.

ތިލަމާލެ ބްރިޖް ނިމޭނެ އައު ތާރީހެެއްގެ ގޮތުގައި ވަޒީރު ވިދާޅުވީ 2027 ވަނަ އަހަރުގެ ފަހުކޮޅެވެ. މިހާރު ބްރިޖްގެ މަސައްކަތް ކުރާ ކޮންޓެކްޓަރު ބަދަލުކުރުމުގެ ވިސްނުން ނުގެންގުޅުއްވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ކޮންޓްރެކްޓަރ ބަދަލުކޮށް ކުރީގެ ކޮންޓްރެކްޓަރަށް ފިޔަވަޅު އަޅާ ހިސާބަށް ގޮސްފިނަމަ ދައުލަތަށް ލިބޭ ގެއްލުން ބައެއް ހާލަތުގައި ބޮޑުވެގެންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އާއްމުންނަށް ބްރިޖްގެ ބޭނުން ކުރަން ފެށޭ މުއްދަތު ލަސްވެގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން މިވަގުތުގެ އަމާޒަކީ ކޮންޓްރެކްޓަށް އެއްބާރުލުން ސަރުކާރުން ދީގެން ވީއެންމެ އަވަހަށް މަޝްރޫއު ނިންމާލުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk