logo

ތިނަދޫ ސިޓީގައި ފުއްޕާމެއާއި، ކުޑަކަމުދާ ނިޒާމުގެ ފަރުވާ ދޭން މިއަހަރު ފަށަނީ

profile

ރިޟްވާން މޫސާ - 25 އޭޕްރީލު 2026 - 06:01

ތިނަދޫ ސިޓީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މިއަހަރުތެރޭ ފުއްޕާމެޔާއި ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ފަރުވާ ފެށިގެންދާނެކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ އަޙްމަދު އަޝްރަފް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އަޝްރަފް ވިދާޅުވީ، މިއަހަރު ވެގެންދާނީ ހުވަދުއަތޮޅުގެ ސިއްޙީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ އަހަރަކަށްކަމަށެވެ. އެގޮތުން މިއަހަރުތެރޭ އެ ހޮސްޕިޓަލުގައި މުޅިން އައު ޚިދުމަތްތަކެއް ފެށުމަށް ތައްޔާރުވަމުންދާކަމަށް އަޝްރަފް ވިދާޅުވިއެވެ.

ތިނަދޫ ސިޓީގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުން އަންނަ ކަން ފާހަގަ ކުރައްވައި އަސްރަފް ވިދާޅުވީ މިފަދަ ބަލިތަކަށް ހުށައެޅޭ މީހުން އެ ސިޓީގައި އިތުރު ވަމުން އަންނަ ކަން ފާހަގަ ކުރެވޭ ކަމަށާއި، މިފަދަ ސިއްޙީ މައްސަލަތަކަށް ހައްލުހޯދުމަކީ މިދަނޑިވަޅުގައި މުހިންމު ކަމެއް ކަމަށެވެ.

އަސްރަފް ވިދާޅުވީ މި ބަލިތަކަށް ހާޢްސަ ސްޕެސިލިސްޓުން ގެނައުމުގެ މަސައްކަތްވެސް މިވަގުތު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި އަހަރުތެރޭ އެ ހޮސްޕިޓަލަށް އިތުރު 30 މުވައްޒަފުން ނެގިގެންދާނެކަމަށް އަޝްރަފް ވިދާޅުވިއެވެ.

އެހެންކަމުން އެ ޚިދުމަތައް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ފަރުވާ ހޯދޭނެ ނިޒާމެއް ޤާއިމްކުރުމަށްޓަކައި، ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި، ފުއްޕާމޭގެ ބަލިތަކުގެ ފަރުވާގެ ޚިދުމަތް މިއަހަރުތެރޭ ފެށުމަށް މިހާރު ތައްޔާރުވަމުންއަންނަކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk