logo

ދީނީ އިލްމުވެރިޔާ ޝެއިޚް އާސިމް ރާއްޖެ ވަޑައިގަންނަވަނީ

profile

މުޙައްމަދު ފަޟްލޫން - 25 އޭޕްރީލު 2026 - 06:01

ސައުދީ އަރަބިއްޔާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ފަޟީލަތުއްޝައިޚް އާސިމް އަލް ހަކީމް، "ދަ ޓްރެވެލާ" ގްރޫޕުގެ ހާއްސަ ދައުވަތަކަށް މި މަހުގެ ފަހުކޮޅު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

https://wamco.com.mv/

އެ ގްރޫޕުން ހާމަކޮށްފައިވާ ގޮތުގައި، ޝައިޚް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.

8 ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ރާއްޖޭގެ ފަސް ސިޓީއެއްގައި ދީނީ ދަރުސް ދެއްވުމަށް ވަނީ ނިންމާފައެވެ.

އެގޮތުން މާލެ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ދަރުސްތައް ކުރިއަށްދާނެއެވެ.

ޝައިޚް އާސިމް އަލް ހަކީމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑު މަގުބޫލުކަމެއް ހޯއްދަވާފައިވާ، އިލްމީ ގޮތުން ފާހަގަކޮށްލެވޭ ދީނީ އިލްމުވެރިއެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk