logo

މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ބޮޑުކޮށްފައެއް ނުވާނެ: ޝިޔާމް

profile

ރިޟްވާން މޫސާ - 18 އޭޕްރީލު 2026 - 12:23

މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ކަމުގައިވިނަމަވެސް މަސްވެރިންނަށް ދޫކުރާ ތެލުގެ އަގުބޮޑު ނުވާނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝިޔާމް ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން މިފަދަ އުނދަގޫ ހާލަތެއްގައިވެސް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މަސްވެރިންނަށް މަސްކަނޑުތަކަށް ނިކުމެވޭނެކަން ކަށަވަރުކުރުމަށް ކަމަށެވެ.

މީޑިޔާ އަކުން ފަތުރާފައިވާ ޙަބަރެއްގައި ތެލުގެ އަގު ބޮޑުވެފައިވާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ގެނެސްދީފައިވާ ޙަބަރެއްގެ ސްކްރީޝޮޓަކާއެކު ޝިޔާމް ޝޯޝަލް މީޑިޔާގައި ހިއްސާ ކުރެއްވީ ތެލުގެ އަގު މަސްވެރިންނަށް ބޮޑު ނުވާނެ ކަމަށެވެ. އަދި އެ ޙަބަރަކީ ވެސް ދޮގު ޙަބަރެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ، ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށްފަހު، މިހާރު މުޅި ރާއްޖެއަށްވެސް އެންވެރިކަން ރަނގަޅުވާން ފަށާފައިވާ ކަމަށެވެ. މީގެ ސަބަބުން މަސްވެރިކަންވެސް އަންނަނީ ވަރަށް ބޮޑަށް ރަނގަޅުވަމުންނެވެ.

އެހެންކަމުން، މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް މަސް ގަންނަ ބޯޓުތައް ފޮނުވުމުގެ މަސައްކަތްތައްވެސް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށް ބަލާއިރު މިފްކޯއަށް މަސްކިރާ އުޅަނދުފަހަރަށް 16.54 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭނެއެވެ. އަދި ތިން ޓަނަށްވުރެ އިތުރަށް ކިރާނަމަ، 16.04 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭނެއެވެ.

މީގެ އިތުރުން، ކުރިއެކޭވެސް އެއްގޮތަށް ޑީސަލް ގަންނަ އާންމު ފަރާތްތަކަށް ވިއްކަމުން ދާނީ ލީޓަރެއް 17.54 ރުފިޔާގެ މަގުން ކަމަށް ސަރުކާރުގެ މަސްކުންފުނި މިފްކޯއިން މީގެކުރިން ވަނީ ހާމަކޮށްފައެވެ

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk