
"ވެނެޒުއެލާ ބިންހެލުން" ގެއްލިފައިވާ އެތައް ހާސް ބަޔަކު ހޯދަނީ

ރިޟްވާން މޫސާ - 26 ޖޫން 2026 - 13:55
ޖޫން 25 ވަނަ ދުވަހު ވެނެޒުއެލާއަށް އައި ބާރުގަދަ ބިންހެލުންތަކުގައި މަރުވެފައިވާ ކަން ކަށަވަރުކުރެވިފައިވާ މީހުންގެ އަދަދު 235 އަށް އުފުލިފައިވާއިރު، ގެއްލިފައިވާ ކަމަށް ބެލެވޭ އެތައް ހާސް މީހުން ހޯދުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފިއެވެ
ވެނެޒުއެލާއަށް އައި ބާރުގަދަ ދެ ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑު 7.2 އަދި 7.5 ގައެވެ.
އެ ލޮޅުންތަކުގައި ގިނަ އަދަދެއްގެ އިމާރާތްތައް ވެއްޓި، ބިނާރުތަކަށް ލިބިފައިވާ ގެއްލުންތަކުގައި 4,300 އަށްވުރެ ގިނަ މީހުން ޒަޚަމުވިއެވެ. މިއީ، ފާއިތުވި ގަރުނަކަށްވުރެ ގިނަ ދުވަހުގެ ތެރޭގައި އެ ޤައުމަށް އައި އެންމެ ބާރުގަދަ ބިންހެލުންތަކެވެ.
ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ހުއްޓުމެއްނެތި ކުރަމުންދާއިރު، އެތައް ހާސް ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވާތީ މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ރަސްމީ ފަރާތްތަކުން ލަފާކުރެއެވެ.
ވެނެޒުއެލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭރު ޤައުމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. މި ގޮތުން، އެހީގެ ގޮތުގައި 2.6 މިލިޔަން ޑޮލަރު ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަން އިނގިރޭސިވިލާތުން ވަނީ އިޢުލާނުކޮށްފައެވެ. އެމެރިކާއިން ވެސް ވަނީ، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ބައިވެރިވާނެ ޓީމުތައް ފޮނުވަން ފަށާފައެވެ.
އަދި، ވެނެޒުއެލާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތަކަށް ލުއިދީފައެވެ. މީގެ އިތުރުން ޤަޠަރާއި، މެކްސިކޯއާއި، ބްރެޒިލާއި، ސްޕެއިނާއި، ޕޯޗުގަލް އަދި ކެނެޑާއިން ވެސް ވަނީ ވެނެޒުއެލާއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަން ހާމަކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކޮށް އަވަސްކުރުމަށްޓަކައި ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފުކޮށްފި
5 ގަޑިއިރު ކުރިން

ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގެ ފެން ޓެސްޓުކުރަނީ: ސިޓީ ކައުންސިލް
7 ގަޑިއިރު ކުރިން

ދެ މަސް ބޯޓުން ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް އެއްޗެއް ފެނިފައިނުވޭ: އެމްއެންޑީއެފް
7 ގަޑިއިރު ކުރިން

ލޯކަލް މާރުކޭޓު ތަކުގައި ބިދޭސީންނަށް ވިޔަފާރި ހުއްދަ ދީފައެއް ނުވާނެ: އާޒިމް
7 ގަޑިއިރު ކުރިން


.gif&w=3840&q=75)