
ގދ. ފިޔޯރީ ކައިރިން ފެނުނު ބޭރުގެ ބޯޓު. އެމްއެންޑީއެފުން ވަނީ ބޯޓު ބަލާ ފާސްކޮށްފައި. | އެމްއެންޑީއެފް
ދެ މަސް ބޯޓުން ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް އެއްޗެއް ފެނިފައިނުވޭ: އެމްއެންޑީއެފް

ރިޟްވާން މޫސާ - 26 ޖޫން 2026 - 11:15
ގދ. ފިޔޯރީ ކައިރިން ފެނުނު ބޭރުގެ ދެ މަސް ބޯޓުން ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ
ބުރާސްފަތި ދުވަހުގެ ހެނދުނު ގދ. އަތޮޅާއި ފުވައްމުލަކާ ދޭތެރޭ އޮންނަ އިކްއެޓޯރިއަލް ޗެނަލް ތެރެއިން، ގދ. ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިކަލް މޭލު ބޭރުން، ބޭރުގެ ދެ މަސްބޯޓެއް އިރުން ހުޅަނގަށް ދަތުރުކުރަމުންދާ ކަމުގެ ރިޕޯޓެއް ލިބިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ވަނީ ހަރަކާތްތެރިވެފަ އެވެ.
މި އޮޕަރޭޝަންއާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ، ރާއްޖޭގެ ޚާއްސަ އިގުތިސާދީ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ ބޭރުގެ ދެ މަސްބޯޓެއް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަނުން ހުއްޓުވައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
ދޭތެރެދޭތެރެއިން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ބޭރުގެ މަސް ބޯޓުތައް އަތުލައިގަނެ އެވެ. މިގޮތަށް އަތުލައިގަނެވޭ ބޯޓުތައް ފުލުހުންނާ ހަވާލުކުރާ އިރު، މީގެ ކުރިން މިފަދަ ބޯޓުތަކުން މަސްތުވާތަކެތި ވެސް ހޯދާފައިވެ އެވެ.
ނަމަވެސް ފިޔޯރީ ކައިން އަތުލަގަނެފައިވާ ދެ ބޯޓަށް ވެސް އެމްއެންޑީއެފް އާއި ފުލުހުން ތިބެގެން ޗެކުރުމަށްފަހު ހިފަހައްޓަންޖެހޭ ސަބަބެއް ނެތުމުން ވަނީ ދޫކޮށްލާފަ އެވެ. މި ކަނޑުއޮޅި އަކީ ބައިނަލްއަގުވާމީ ގޮތުން ކަނޑު ދަތުރުފަތުރުކުރުމުގައި އާންމުކޮށް ރާއްޖޭގެ ސަރަހައްދު ހުރަސްކުރުމަށް ބޭނުންކުރާ ސަރަހައްދެއް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ގުޅުން ހުރި ޙަބަރުތައް

"ވެނެޒުއެލާ ބިންހެލުން" ގެއްލިފައިވާ އެތައް ހާސް ބަޔަކު ހޯދަނީ
4 ގަޑިއިރު ކުރިން

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކޮށް އަވަސްކުރުމަށްޓަކައި ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފުކޮށްފި
5 ގަޑިއިރު ކުރިން

ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގެ ފެން ޓެސްޓުކުރަނީ: ސިޓީ ކައުންސިލް
7 ގަޑިއިރު ކުރިން

ލޯކަލް މާރުކޭޓު ތަކުގައި ބިދޭސީންނަށް ވިޔަފާރި ހުއްދަ ދީފައެއް ނުވާނެ: އާޒިމް
7 ގަޑިއިރު ކުރިން


.gif&w=3840&q=75)