logo

ލޯކަލް މާރުކޭޓު ތަކުގައި ބިދޭސީންނަށް ވިޔަފާރި ހުއްދަ ދީފައެއް ނުވާނެ: އާޒިމް

profile

ރިޟްވާން މޫސާ - 26 ޖޫން 2026 - 11:15

މާލޭ ސިޓީ ކައުންސިލުން މާލޭގައި ހުންނަ އެކި އެކި ލޯކަލް މާރުކޭޓު ތަކުގައި ބިދޭސީން ވިޔަފާރި ކުރުމަށް ހުއްދަ ދީފައި ނުވާނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

އަސްލު ޓީވީން މާލޭ ކަރާމާރުކޭޓަށް ތަކެތީގެ އަގުތައް ބަލާލުމަށް ދިއުމުން އެތަނުގައި ތިބި ގިނަ އަދަދެއްގެ ވިޔަފާރިވެރިން ވަނީ ބިދޭސީން އެތަންތަނުގައި ވިޔަފާރިތައް ހުޅުވައި، ވިޔަފާރިތަކުގައި އެފަރާތްތަށް ގިނަވުމުގެ ޝަކުވާ ވަނީ ކޮށްފަ އެވެ.

މި ކަމާއި ގުޅިގެން މީޑިޔާތަކުގައި ދެކެވުނު ވާހަކަތަކާއި މި ތަންތަނުގައި ތިބި ދިވެހި ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު ރާއްޖެއިން ބޭރުގައި ހުންނަވާ މޭޔަރު އާޒިމް އަސްލު ޓީވީ އަށް ވިދާޅުވީ އެފަދަ ވިޔަފާރިތައް ކުރުމަށް އެއްވެސް ބިދޭސީ ފަރާތަކަށް ހުއްދަ ދީފައިނުވާނެ ކަމަށެވެ.

ބިދޭސީން ރާއްޖޭގައި ގިނަވެ ކަންބޮޑުވާންޖެހޭ މިންވަރަށް އިތުރުވެފައިވާ ކަން ފާހަގަކުރައްވަމުން އާޒިމް ވަނީ ބިދޭސީންގެ މައްސަލަ ހައްލުކޮށް ދިވެހިންންށް ވިޔަފާރިތަކުން ފަހި ފުރުސަތުތަކެއް ހޯދޭނީ މުޖުތަމައުގެ އެންމެންގެވެސް އެހީތެރިކަމާއި އެކުގައި ކަމަށެވެ.

އާޒިމް ފާހަގަކުރެއްވެވި ގޮތުގައި ލޯކަލް މާރުކޭޓުގެ ގޮޅިތައް ހުންނަނީ ދިވެހި ވިޔަފާރި ކުރައްވާ ފަރާތްތަކަށް ކުޑަ ކުއްޔަކަށް ދޫކޮށްފަ އެވެ. ނަމަވެސް ދިވެހިންނަށް ދޫކޮށްފައިވާ ފުރުސަތު ތަކުގައި ވެސް ބިދޭސީންގެ އަތްމައްޗަށް މުޅި ވިފަރާރި ދޫކޮށްލުމުން އެކަމުގެ ސަބަބުން ނޭދެވޭ އަސަރު މުޅި މުޖުތަމައަށް ވެސް އަދި ވިޔަފާރި ކުރަމުންދާ އެހެން ފަރާތްތަކަށް ވެސް ކުރަމުންދާ ކަމަށެވެ.

undefined

ލޯކަލް މާރުކޭޓުގައި ބިދޭސީން އިތުރތުވެފައިވާއިރު ވިޔަފާރިވެރިން ވަނީ އެތަންތަނުގެ ކުލި ސަރުކާރުން ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް އެތަށް ގުނަ އަކަށް އަގުބޮޑުވެފައިވާ މައްސަލަ ވެސް ފާހަގަ ކޮށްފަ އެވެ.

ބިދޭށީން ރާއްޖޭގައި ގަވައިދާ ޙިލާފަށް ދިރިއުޅެމުންދާ މައްސަލަ ހައްލުކޮށް އެމީހުންގެ ގައުމަށް އަނބުރައި ފޮނުވާލުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގައި ވެސް މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ރާއްޖެއިން ޑީޕީޓު ކޮށްފައިވާ ކަން ވެސް ފާހަގަކޮށްލެވެ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk