
ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގަނީ

މުޙައްމަދު ފަޟްލޫން - 06 އޭޕްރީލު 2026 - 04:59
ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ރިޕެއަރ ސްކޭމް ހިންގާތީ އެކަމަށް ސަމާލުވާން ފުލުހުން އެދިއްޖެއެވެ.
ސްކޭމަރުން އެންމެ ފުރަތަމަ ބަލަނީ މާކެޓްޕްލޭސްގައި ސޯލްޑް ނުވަތަ ވިއްކާލެވިފައިވާ ކަމަށް ޖަހާފައިވާ ތަކެތި ކަމަށާއި މުދާ ވިއްކި ފަރާތަށް ގުޅައި ނުވަތަ މެސެޖުކޮށް، އެ މުދަލަކީ އެމީހުން މަރާމާތު ރިޕެޔާ ކުރި އެއްޗެއް ކަމަށް ބުނެ އިތުބާރު ހޯދާ ކަމަށެވެ.
މުދާ މަރާމާތުކޮށް ނިންމާފައިވާ ކަމަށް ބުނެ، އެކަމުގެ އުޖޫރަ ނުވަތަ ރިޕެއާ ފީ ދެއްކުމަށް އެދޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ބައެއް ފަހަރު ފޭކް ރިސިޕްޓް ނުވަތަ އިންވޮއިސް ވެސް ދައްކާ ކަމަށްވެސް އެ ސެންޓަރުން އާއްމުކުރި މައުލޫމާތުގައި ބުނެފައިވެއެވެ.
ފުލުހުން ބުނީ ކުރިން ނުދަންނަ ފަރާތްތަކަށް ފައިސާ ނުފޮނުވުމަށް އެދޭ ކަމަށެވެ. އަދި މުދަލެއް މަރާމާތުކުރަން ތިބާ އަމިއްލައަށް ހަވާލުނުކުރާ ފަރާތަކުން ފައިސާއަށް އެދުނަސް އެއްވެސް ފައިސާއެއް ނުފޮނުވުމަށްވެސް އެ ސެންޓަރުން ވަނީ ނަސޭހަތްތެރިވެފައެވެ.
އަދި މަރާމާތުކުރި ކަމަށް ބުނާ ފަރާތަކީ ކޮބައިކަމާއި، އެފަރާތާ މުދާ ހަވާލުކުރީ ކާކުތޯ ސުވާލުކޮށް ކަށަވަރުކުރުމަށް ވެސް އެ ސެންޓަރުން ވަނީ އެދިފައެވެ. އަދި ފައިސާ ފޮނުވަން ބުނާ އެކައުންޓަކީ މީގެ ކުރިން ސްކޭމްގެ ރިޕޯޓް ލިބިފައިވާ އެކައުންޓެއްތޯ ކަށަވަރު ކުރުމަށްވެސް އެދިފައި ވެއެވެ.
ސްކޭމްގެ ތަފާތު އެކި މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ ފުލުހުން ވަނީ ސަމާލުވާން އިލްތިމާސްކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޓޮމް އަތުން މަހިބަދޫ ދާއިރާ ގެއްލި، ދަނގެތި، މަތިވެރި އަދި ތޮއްޑޫ ދާއިރާ ބޮޑުކޮށް ޕީއެންސީއަށް!
27 މިނިޓު ކުރިން

މާލޭ ސިޓީގެ މޭޔަރުކަމުގެ ރޭހުން ބަލި ގަބޫލުކޮށް އާދަމް އާޒިމަށް މަރުހަބާ ދަންނަވަން: ޒަރިޔަންދު
ގަޑިއިރެއް ކުރިން

ީރާއްޖެއިން ލިބެން ހުރި ބޭހުގެ މައުލޫމާތުތައް އޮންލައިންކޮށް ބެލޭގޮތަށް ހަދަނީ
5 ގަޑިއިރު ކުރިން

މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން މިފްކޯގެ ހަރަދުކުޑަކުރަން މަސައްކަތު ގަޑި ކުރުކޮށްފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)