logo

މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން މިފްކޯގެ ހަރަދުކުޑަކުރަން މަސައްކަތު ގަޑި ކުރުކޮށްފި

profile

އައިމަން ޢަބްދުއްސައްތާރު - 06 އޭޕްރީލު 2026 - 04:28

ހަރަދުކުޑަކުރަން މިފްކޯގެ ރަސްމީ މަސައްކަތު ވަގުތު މިއަދުން ފެށިގެން ކުރުކުރަން ނިންމައިފި އެވެ.

https://wamco.com.mv/

އަސްލަށް މައުލޫމާތުލިބިފައިވާ ގޮތުގައި ކުންފުނީގެ ޚަރަދުތައް ކުޑަކުރަން އެ ކުންފުނީގެ އެކްސްކޯއިން ފިޔަވަޅުތައް އަޅަން ނިންމާފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެންނެވެ.

މީގެ ތެރެއިން، ރަސްމީ މަސައްކަތު ގަޑި ކުރުކުރުމާއި އިތުރު އެހެން ފިޔަވަޅުތައް އަޅަންވެސް ނިންމާފައިވާކަމަށް މައުލޫމާތި ލިބިފައިވެއެވެ.

އިދާރީ މުވައްޒަފުންގެ ރަސްމީ ވަގުތު ކުރުކޮށްލިޔަސް، އޮޕަރޭޝަނަކަށް އެއްވެސް ބަދަލެއް ނާންނާނެކަމަށާއި އަދި މިފްކޯގެ ފިހާރަތަކުން ކުރިއެކޭ އެއްގޮތަށް ހިދުމަތް ލިބޭނެ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އެ ކުންފުނިން މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނެފައިވަނީ މެންދުރު 2 ގެ ފަހުން އިދާރީ އޮފީސްތައް ހުޅުވޭނީ އެ ޑިޕާޓްމަންޓުގެ އެޗްއޯޑީ ނުވަތަ ސީއީއޯގެ ބިއުރޯއިން ބޭނުންވެގެންނެވެ. އަދި ބަންދު ވަގުތުތަކުގައި ކޮންމެހެން މަސައްކަތަށް ނެރެން ޖެހޭނީ އެޗްއޯޑީގެ ހުއްދަ ދުވަހުން ދުވަހަށް ލިޔުމުން ލިބިގެން ކަމަށް ވެސް ބުނެފައިވެއެވެ.

މިފްކޯއިން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ގޭގައި މަސައްކަތްކުރާނެ ވަސީލަތް ތިބި މުވައްޒަފުން އޮފީސް ގަޑީގެ އިތުރަށް ގޭގައި މަސައްކަތްކުރުމާއި، ހެޑް އޮފީހުގެ ހުއްދަ ވަކިން ހޯދުމަށްފަހު މެނުވީ ދަތުރުތައް ކުރުން ހުއްޓާލުން ހިމެނެއެވެ.

މި ފިޔަވަޅުތައް އަޅަން ނިންމީ މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އަންނަ ހީނަރުކަމުގެ ސަބަބުންނެވެ. އަދި މި ފިޔަވަޅުތައް އެޅީ މުވައްޒަފުންނަށް ދަތިނުވާނެ ފަދަ ގޮތަކަށް ވިސްނުމަށްފަހުގައި ކަމަށް ވެސް އަސްލަށް މައުލޫމާތު ލިބިފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk