logo

ޓޮމް އަތުން މަހިބަދޫ ދާއިރާ ގެއްލި، ދަނގެތި، މަތިވެރި އަދި ތޮއްޑޫ ދާއިރާ ބޮޑުކޮށް ޕީއެންސީއަށް!

profile

މުހައްމަދު މުޝްރިފް - 06 އޭޕްރީލު 2026 - 09:07

https://wamco.com.mv/

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ގޮނޑި މިހާރު ފުރުއްވަމުން ގެންދަވާ އަދި މަޖިލީހުގެ އެންމެ އަޑުގަދަ އެއް މެންބަރު އަޙްމަދު ތާރިޤް (ޓޮމް) އަށް ސިޔާސީ ގޮތުން ބޮޑު ނުތަނަވަސްކަމަކާ ކުރިމަތިވެ، މަހިބަދޫ ދާއިރާގެ ތާއީދު އޭނާއަށް ގެއްލެމުންދާކަން ހާމަވެއްޖެއެވެ.

މީގެ އިތުރުން، އޭނާ ނިސްބަތްވާ ޕީއެންސީން މިހާރު ވަނީ އަތޮޅުގެ އެހެން ދާއިރާތަކަށް އޮތް ބާރު ގަދަކޮށް، ޓޮމްއަށް ޕާޓީގެ ތެރެއިން އޮތް އިތުބާރު ކުޑަވާން ފަށާފައިވާކަމުގެ ނިޝާންތައް ފެންނަން ފަށާފައެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއާއެކު ރާއްޖޭގެ ސިޔާސީ މަސްރަޙަށް ބޮޑު ބަދަލެއް އައިސްފައިވާއިރު، ސަރުކާރު ހިންގާ ޕީއެންސީން ވަނީ މީގެ ކުރިން އިދިކޮޅު އެމްޑީޕީގެ ބާރުގަދަ ކަމަށް ބެލެވުނު ދަނގެތި، މަތިވެރި އަދި ތޮއްޑޫ ދާއިރާ ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައެވެ. ނަމަވެސް މި ކާމިޔާބީއާއެކުވެސް ޕީއެންސީގެ ސީނިއާ މެންބަރު އަޙްމަދު ތާރިޤް (ޓޮމް) އަށް ވަނީ ސިޔާސީ ގޮތުން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ޒަމާނުއްސުރެ ޕީއެންސީގެ ކޮންޓްރޯލް އޮންނަ މަހިބަދޫ ދާއިރާގެ ގޮނޑި މިފަހަރު ވަނީ ޓޮމްގެ އަތުން ބީވެ، ޕީއެންސީއަށް ގެއްލިފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ދިފާއުގައި އެންމެ އަޑުގަދަކޮށް ވަކާލާތުކުރާ އެއް މެންބަރަކަށް ޓޮމް ވީއިރު، އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރެއްވުމުގައިވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފުރިހަމަ ތާއީދު އޭނާއަށް ވަނީ ލިބިފައެވެ. އެހެންނަމަވެސް، މަޖިލީހުގައި އެހާ އިސްކޮށް އުޅުއްވާ މެންބަރަކަށް އަމިއްލަ ދާއިރާގެ ތާއީދު ގެއްލިގެން ދިއުމަކީ ޓޮމްއަށް ލިބުނު ބޮޑު "ކޮޅުކެހި" އެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.\

މި އިންތިޚާބުގައި އެމްޑީޕީގެ މެޖޯރިޓީ އޮތް ދާއިރާތައް ޕީއެންސީން ފަތަހަކުރި ނަމަވެސް، ޓޮމްގެ ބެލުމުގެ ދަށުގައި އޮތް މަހިބަދޫ ގެއްލުމަކީ ޕާޓީގެ ތެރޭގައި އޭނާއަށް އޮތް ނުފޫޒާއި އިތުބާރަށް އައި ބޮޑު ލޮޅުމެކެވެ. މީގެ ކުރިން ބާރުގަދަ ދާއިރާއެއްގެ ގޮތުގައި އޮތް މަހިބަދޫގެ ނަތީޖާއާ އެކު، ކުރިއަށް އޮތް ތަނުގައި ޓޮމްގެ ސިޔާސީ މުސްތަޤުބަލާ މެދު މިހާރު ވަނީ ގިނަ ސުވާލުތަކެއް އުފެދިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk