logo

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓައް ދިމާވި މައްސަލަ ދަނީ ބަލަމުން: ސްޓެލްކޯ

profile

ރިޟްވާން މޫސާ - 13 އޭޕްރީލު 2026 - 04:31

ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު ތަކުން ކަރަންޓު ކެނޑެން ދިމާވި ސަބަބު ބަލަމުން އަންނަ ކަމަށާއި، އެ މައްސަލަ އަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

https://wamco.com.mv/

ސްޓެލްކޯ އިން ބުނީ ދެވަނަ ފިޔަވަހީގެ ބައެެއް ޓަވަރުތަކުން ކަރަންޓު ކެނޑިފައި ވަނީ އެސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ މައި ކޭބަލް ކޮނުމުގެ ތެރެއިން ބުރި ވުމުން ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރަން ކުރެވުނު މަސައްކަތުން މިހާރު ޓަވަރު ތަކަށް އަލުން ކަރަންޓު ފޯރުކޮށްދެވިފައިވާ ކަމަށެވެ.

ދެވަނަ ފިޔަވައްސަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ވަނީ މައި ކޭބަލްގެ ދާޢިމީ ހަތަރު ކޭބަލް އެއް އަޅާފަ އެވެ. ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވެފައި ވަނީ އެތަނުން އެއް ކޭބަލް ކޮނިމުގެ ތެރެއިން ބުރިވުމުންނެވެ.

މިވަގުތު އެސަރަހައްދަށް ކަރަންޓު ފޯރުކޮށްދެނީ ބާކީ އޮތް ތިން ކޭބަލް އިންނެވެ. ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ ޓެކްނިކަލް ޓީމުން މި މައްސަލަ އަށް ފުރިހަމަ ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk