logo

ބޭންކް އޮފް މޯލްޑިވްސް އަށް ތާރީޚީ ދުވަހެއް: 70 ޑޮލަރު އޭޓީއެމް ހިމެނޭހެން 90 އޭޓިއެމް އިފްތިތާހުކޮށްފި

profile

މުހައްމަދު މުޝްރިފް - 01 އޭޕްރީލު 2026 - 19:08

ބޭންކް އޮފް މޯލްޑިވްސް އިން 70 ޑޮލަރު އޭޓީއެމް ހިމެނޭހެން 90 އޭޓީއެމް އިފްތިތާހުކޮށްފިއެވެ.

https://wamco.com.mv/

މި ރަސްމިއްޔާތެއްގައި މި އާ ޚިދުމަތްތައް އފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ. މި ރަސްމިއްޔާތުގައި ބޭންކުގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބް އާއި ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރގެ އިތުރުން ބޭންކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

އިފްތިތާހުކުރެވުނު 20 ރުފިޔާ އޭޓީއެމް ބަހައްޓާފައި ވަނީ ބޭންކުގެ ބްރާންޗްތައް މިހާރުވެސް ހިންގަމުންދާ ރަށްރަށުގައެވެ. 70 ރަށެއްގައި ބެހެއްޓި ޑޮލަރު އޭޓީއެމްތަކުގެ ތަފްސީލު ތަކަކީ:

1. ހއ. އަތޮޅުގައި 5 ޑޮލަރު އޭޓީއެމް

2. ހދ. އަތޮޅުގައި 5 ޑޮލަރު އޭޓީއެމް

3. ށ. އަތޮޅުގައި 4 ޑޮލަރު އޭޓީއެމް

4. ނ. އަތޮޅުގައި 4 ޑޮލަރު އޭޓީއެމް

5. ރ. އަތޮޅުގައި 6 ޑޮލަރު އޭޓީއެމް

6. ބ. އަތޮޅުގައި 5 ޑޮލަރު އޭޓީއެމް

7. ޅ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް

8. ކ. އަތޮޅުގައި 10 ޑޮލަރު އޭޓީއެމް

9. އއ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް

10. އދ. އަތޮޅުގައި 6 ޑޮލަރު އޭޓީއެމް

11. ވ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް

12. ފ. އަތޮޅުގައި 1 ޑޮލަރު އޭޓީއެމް

13. މ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް

14. ދ. އަތޮޅުގައި 1 ޑޮލަރު އޭޓީއެމް

15. ތ. އަތޮޅުގައި 4 ޑޮލަރު އޭޓީއެމް

16. ލ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް

17. ގއ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް

18. ގދ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް

19. ޏ. އަތޮޅުގައި 1 ޑޮލަރު އޭޓީއެމް

20. ސ. އަތޮޅުގައި 5 ޑޮލަރު އޭޓީއެމް

ބީއެމްއެލް އިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ފަސޭހައިން ވާސިލުވެވޭނެ ޚިދުމަތެއް ފޯރުކޮށްފިނުމަށެވެ. 2025 ވަނަ އަހަރު ބޭންކުން ވަނީ "މުޅި ރާއްޖޭއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފައެވެ. މި މަޝްރޫއަށް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. މި އިފްތިތާހުކުރި އާ އޭޓީއެމްތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ބީއެމްއެމްގެ އޭޓީއެމް ވިއުގަ އިތުރަށް ފުޅާވެ، ޖުމްލަ އޭޓީއެމްތަކުގެ އަދަދު 338 އަށް ވަނީ އަރައިފައެވެ.

undefined

" މިއީ މިހާތަނަށް، ކޭޝް ރިސައިކްލިން ކުރެވޭ (ފައިސާ ޖަމާކޮށް، ނެގޭ) އެންމެ ގިނަ އަދަދެއްގެ އޭޓީއެމް، ސިންކްރޮނައިޒްކޮށް، އެއް ވަގުތެއްގައި ޚިދުމަތް ދޭން ފެށޭ ފުރަތަމަ ފަހަރު. އާދެ! މިއީ ރެކޯޑެއް. އަޅުގަނޑުމެން ހޯދި ހޯދުމުން، މިގޮތަށް ސިންކްރޮނައިޒްކޮށް، ދުނިޔޭގައި މިހާތަނަށް، މިއަދަދުގެ ކޭޝް ރީސައިކްލިން އޭޓީއެމްގެ ޚިދުމަތް، އެއްފަހަރާ ފަށާފައިވާކަން ފެންނާކަށް ނެތް." މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ސީއީއޯ ޝަރީފު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު މުޅި އޭޓީއެމް ނެޓްވާރކަށް 2025 ވަނަ އަހަރު ވަނީ 17.1 ބިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މިއޭޓީއެމްތައް މެދުވެރިކޮށް 8.4 މިލިއަން މުއާމަލާތްކޮށްފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk