
ސްޓޭޓް ފާމަސޫޓިކަލް އިން ހޮޓްލައިން ނަމްބަރެއް ތައާރަފްކޮށްފި

މުޙައްމަދު ފަޟްލޫން - 01 އޭޕްރީލު 2026 - 16:52
ސްޓޭޓް ޕާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑުން، ކަސްޓަމަރުންނަށް ހާއްސަ ހޮޓްލައިނަކާއި ޑިޖިޓަލް ޕޯޓަލްއެއް މިއަދު އިފްތިތާހުކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބޭނުންވާ ބޭހާއި ބޭސްފަރުވާގެ ސާމާނު، ދެމެހެއްޓެނެވި އަދި ހަރުދަނާ ނިޒާމެއްގެ ދަށުން ފޯރުކޮށްދިނުމެވެ.
ކުންފުނީގެ ހިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން، ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، 24 ގަޑިއިރު ބޭހުގެ ހިދުމަތަށް އެދެވޭނެ ހާއްސަ ހޮޓްލައިން ނަންބަރު 1501 މިހާރު ވަނީ ރަސްމީކޮށް ބޭނުންކުރަން ފަށާފައެވެ. އެގޮތުން، ޒަރޫރީ ބޭސްތައް ހޯދުމުގައި ދަތިތަކެއް ކުރިމަތިވާ ފަރާތްތަކަށް މި ހޮޓްލައިން މެދުވެރިކޮށް ބޭހަށް އޯޑަރު ދިނުމާއި، ބޭސް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
މީގެ އިތުރުން، އީ ފާސް މެދުވެރިކޮށް ފަސޭހައިން ވަދެވޭ ސްޓޭޓްފާމާ ޕޯޓަލް ވެސް މިހާރު ވަނީ ތައާރަފްކޮށްފައެވެ.
މި ޕޯޓަލް މެދުވެރިކޮށް ކޮންމެ ރައްޔިތަކަށްވެސް ބޭހަށް އެދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި އެދިފައިވާ ބޭސް އޮތް މަރުހަލާއާއި، އޯޑަރާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު (އަދާހަމަ) މި ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ބަލާލެވޭނެއެވެ.
ސިއްހީ ނިޒާމް ކުރިއަރުވަން މިސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތް ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ބޭންކް އޮފް މޯލްޑިވްސް އިން 6 ރަށެއްގައި އާ ބްރާންޗް ގާއިމުކޮށްފި
ގަޑިއިރެއް ކުރިން

ބޭންކް އޮފް މޯލްޑިވްސް އަށް ތާރީޚީ ދުވަހެއް: 70 ޑޮލަރު އޭޓީއެމް ހިމެނޭހެން 90 އޭޓިއެމް އިފްތިތާހުކޮށްފި
ގަޑިއިރެއް ކުރިން

ގަލޮޅު ކަންމަތީގައި ހުންނަ ގޭގައި ހިނގާފައިވަނީ އަމިއްލަ އަށް މަރުވުމުގެ ހާދިސާއެއް: ފުލުހުން
7 ގަޑިއިރު ކުރިން

ދެ އިންތިހާބު އެކުގައި ބާއްވަން ތާއީދެއް ނުކުރަން: ރައީސް މައުމޫން
7 ގަޑިއިރު ކުރިން


.gif&w=3840&q=75)