
މޯލްޑިވް ގޭސް ވިއްކުން އަނެއްކާވެސް ލިމިޓްކޮށްފި

ރިޟްވާން މޫސާ - 15 މާރިޗު 2026 - 11:54
ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރު ކުންފުނި މޯލްޑިވް ގޭސްއިން އާންމުކޮށް ގޭސް ވިއްކާ ވަރަށްވުރެ މަދުން އަނެއްކާވެސް ވިއްކަން ފަށައިފިއެވެ.
މޯލްޑިވް ގޭސްއިން އާންމުންނަށް ގޭސް ވިއްކާ މިންވަރު ދެބައިކުޅަ އެއްބަޔަށް ކުޑަކޮށް، 10 ކިލޯގެ ފުޅީގައި މިހާރު ވިއްކަމުން ދަނީ 5 ކިލޯގެ ގޭހެވެ.
ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވް ގޭސްއިން މިހާރު ވަނީ، އާންމުކޮށް ވިއްކަމުން އައި 10 ކިލޯގެ ގޭސް ފުޅިއެއްގެ ބަދަލުގައި، އެ އަދަދުގެ ދެބައިކުޅަ އެއްބައި ކަމަށްވާ ފަސް ކިލޯގެ ގޭސް ވިއްކަން ފަށައިފައެވެ. އެހެންކަމުން މިހާރު 10 ކިލޯގެ ގޭސް ފުޅިއެއް ވިއްކަނީ އެއަށް ފަސް ކިލޯއަށް ގޭސް އަޅައިގެންނެވެ.
މޯލްޑިވް ގޭސްއިން މިއަދު ބުނީ، މިހާރު ލިބެންހުރީ ފަސް ކިލޯގެ ގޭސް އަޅާފައިވާ ފުޅިއެއް 100 ރުފިޔާއަށް ކަމަށެވެ.
މިއީ މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމަތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ގޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވުމާ ގުޅިގެން އެޅި ފިޔަވަޅެއް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ
މިކަމާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް އިތުރުވެފައިވާއިރު، މީގެ ކުރިން ވެސް ގޭހުގެ ސްޓޮކް ހުސްވުމާއި، ޑެލިވަރީ ލަސްވުން ފަދަ މައްސަލަތައް ފެންމަތިވެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލް އިން އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް !
3 ގަޑިއިރު ކުރިން

ގަސް ކަނޑާލިޔަ ނުދިނުމަށް ތިމާވެށީގެ އެކްޓިވިސްޓް ގަހަށް އަރައި އޮށޯވެއްޖެ!
3 ގަޑިއިރު ކުރިން

ޔޫރަޕުގެ އެކިގައުމުތަކަށް ނިސްބަތްވާ 7 ފްލައިޓަކަށް އެއްފަހަރާ ބޮން އަޅާނެ ކަމުގެ އިންޒާރާއެކު އެތަކެއް ގެއްލުމެއް!
4 ގަޑިއިރު ކުރިން

އަކަފޫޓަކަށް 2000ރ ގެ މަގުން މާލެއިން 49 ބިމެއް ވިއްކާލަނީ
4 ގަޑިއިރު ކުރިން


