logo
މާލެ

މާލެ

އަކަފޫޓަކަށް 2000ރ ގެ މަގުން މާލެއިން 49 ބިމެއް ވިއްކާލަނީ

profile

ރިޟްވާން މޫސާ - 05 ނޮވެމްބަރު 2026 - 08:27

އަކަފޫޓަކަށް 2000ރ ގެ މަގުން މާލެއިން 49 ބިމެއް ވިއްކާލަން ހައުސިން މިނިސްޓްރީން އާއްމުކޮށް އިއުލާންކޮށްފި އެވެ.

https://wamco.com.mv/

ހައުސިން މިނިސްޓރްީން ވިއްކާލަން އިއުލާނުކޮށްފައިވާ ބިންތަކުގެ ތެރޭގައި ހިމެނެނީ މާފަންނުން 21 ބިމެއް، މައްޗަންގޯޅިން 10 ބިމެއް، ގަލޮޅުން 8 ބިމެއް، މީގެ އިތުރުން ހެންވޭރުން 9 ބިމަކާއި ވިލިމާލެ އިން 1 ބިމެކެވެ.

ހައުސިން މިނިސްޓްރީން ވިއްކާލަން އިއުލާނުކޮށްފައިވާ 49 ބިމުގެ ތަފްސީލްތައް މިއަދު ވަނީ ސަރުކާރުގެ ގެޒެޓުގައިވެސް ޝާއިއުކޮށްފަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ މި ބިންތައް ހިމެނޭ ގޯތިތަކުގެ ބެލެނިވެރިންނާއި އެ ބިންތަކާ އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކުގެ ތެރެއިން ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުލުވާލާލާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށެވެ.

ބިން ގަންނަން ހުށައަޅަން ޖެހޭނީ 'ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލު'ގައިވާ ފޯމާއި ލިޔެކިޔުންތަކާއި އެކު ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި އަންނަ މަހުގެ 8 ވަނަދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން ހުށައަޅަން ޖެހޭނެކަަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

https://wamco.com.mv/
tel:+9607331319