
އެމްޑީޕީ އިންތިހާބުގައި އަކުރަމް ވާދަނުކުރަން ނިންމައިފި!

ރިޟްވާން މޫސާ - 05 ނޮވެމްބަރު 2026 - 08:25
ކުރިއަށް އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާދަކުރުމަށް ނަން ހުށައެޅުމަށްފަހު އަކުރަމް ކަމާލުއްދީން ނަން އަނބުރައި ގެންދަވައިފި އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޙާބަށް އެޕާޓީގެ ގައުމީ މަޖިލީހަށް މެންބަރުން ހޮވުމުމަށް ބާއްވާ އިންތިޙާބު އޮންނަނީ މި މަހުގެ 27 ވަނަ ދުވަހުގަ އެވެ.
އަކްރަމް ވާދަކުރައްވާފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލިސް މާލޭ ސިޓީގެ މެންބަރު ކަމަށެވެ.
މި އިންތިޙާބަށް އެމްޑީޕީ އަށް ނިސްބަތްވާ ވަރަށް ގިނަ ފަރާތްތަކުން ކުރިމަތިލައްވައި އަދި މުޅިން އަލަށް އެމްޑީޕީ އާ ވަރަށް ގިނަ ފަރާތްތަކުން ގުޅެމުން އަންނަ ކަން ފާހަގަ ކޮށްލެވެ އެވެ.
އެމްޑީޕީގެ އޮފީހަށް އެޑްރެސްކޮށް އަކްރަމް ކަމާލުއްދީން ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވަނީ އެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބުގައި މާލޭގެ މެންބަރުކަމަށް ވާދަ ނުކުރަން ނިންމައި ކެންޑިޑެސީ އަނބުރާ ގެނެސްފައިވާ ކަމަށެވެ.
އަކުރަމް ވިދާޅުވެފައިވަނީ އެމަނިކުފާނު ވާދަ ނުކުރައްވަން ނިންމެވީ އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވި ހުރިހައި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާ "ބޮޑު ބަދަލު"ގެ ސިޔާސަތަށް ތާއީދުކޮށް ބޮޑު ބަދަލުގެ ޓީމަށް އެމަނިކުފާނު ކުރިމަތިލެއްވި ދާއިރާއިން 16 ކެންޑިޑޭޓުން އިންތިޙާބު ކުރުމާއި، އެ މަސައްކަތް އެމްޑީޕީ އަށް ކާމިޔާބުކޮށްދެއްވުމުގެ ބޭނުމުގަިއ ކަމަށެވެ.
އަކްރަމް ކަމާލުއްދީނަކީ ނިމިގެންދިޔަ އެމްޑީޕީގެ ސަރުކާރުގައި ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންކަންވެސް ކުރައްވާފައިވާ އަދި އެމްޑީޕީގެ އެންމެ އިސް ސަފުގައި މަސައްކަތް ކުރައްވަމުން އަންނަ ހިންގުންތެރި ބޭފުޅެކެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލް އިން އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް !
3 ގަޑިއިރު ކުރިން

ގަސް ކަނޑާލިޔަ ނުދިނުމަށް ތިމާވެށީގެ އެކްޓިވިސްޓް ގަހަށް އަރައި އޮށޯވެއްޖެ!
3 ގަޑިއިރު ކުރިން

ޔޫރަޕުގެ އެކިގައުމުތަކަށް ނިސްބަތްވާ 7 ފްލައިޓަކަށް އެއްފަހަރާ ބޮން އަޅާނެ ކަމުގެ އިންޒާރާއެކު އެތަކެއް ގެއްލުމެއް!
3 ގަޑިއިރު ކުރިން

އަކަފޫޓަކަށް 2000ރ ގެ މަގުން މާލެއިން 49 ބިމެއް ވިއްކާލަނީ
3 ގަޑިއިރު ކުރިން


