logo

ގަސް ކަނޑާލިޔަ ނުދިނުމަށް ތިމާވެށީގ އެކްޓިވިސްޓް ގަހަށް އަރައި އޮށޯވެއްޖެ!

profile

ރިޟްވާން މޫސާ - 05 ނޮވެމްބަރު 2026 - 09:08

ވިލިމާލޭގައި ހުންނަ ބޮޑު ނިކަ ގަސް ކަނޑާލަން މަސައްކަތް ފެށުމުން އެ ގަސް ކެންޑިޔަ ނުދިނުމުގެ ގޮތުން އެރަށުގައި ދިރިއުޅޭ ތިމާވެށީގެ އެކްޓިވިސްޓެއް ގަހަށް އަރައި ގޮފިގަނޑެއްގައި އޮށޯވެއްޖެ އެވެ.

https://wamco.com.mv/

ވިލިމާލޭގައި ހުންނަ ބޮޑު ނިކަ ގަސް ކަނޑަން މިއަދު ފަށާފައި މިވަނީ މީގެ އަހަރެއް ކުރިން އެރަށުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން އެގަހުގެ އުނދަގޫ ބޮޑުވެގެން ކަމަށް ބުނެ ރައީސް ޑރ މުއިއްޒު އަށް ހުށައެޅުމުން ސަރުކާރުން އެ ގަސް ކަނޑަން ހުއްދަ ދިނުމުންނެވެ.

ނިކަ ގަސް ކެނޑިޔަ ނުދީ ގަހަށް އަރައި އެ މަސައްކަތް ހުއްޓުވަން މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަންގެ ފައުންޑަރު އަހުމަދު ނިޔާޒު އެވެ.

އެ ސަރަހައްދުގައި ހުރި މީހުން ބުނި ގޮތުގައި ނިޔާޒް ވަނީ ގަހުގެ ގޮފިގނޑުތައް ކަނޑާތީ އެތަނުގައި ހުރެގެން ވެސް މިއަދު އަޑު އުފުލާފަ އެވެ.

ގަސް ކެނޑިޔަ ނުދީ ގަހަށް އެރުމުން ފުލުހުން ވަނީ ވަރަށް ގިނަ އިރުތަކެއް ވަންދެން ނިޔާޒް އާއި ވާހަކަ ދެއްކުމަށްފަހު ނިޔާޒް ގަހުން ބާލައިގެން ގެންގޮސްފަ އެވެ. ނަމަވެސް އޭނާ ހައްޔަރެއް ނުކުރެ އެވެ.

ނިޔާޒަކީ ވިލިމާލޭގައި ތިމާވެށި ހިމާޔަތް ކޮށް ވިލިމާލޭ އަކީ ފެހި ތަނަކަށް ހެދުމުގެ ގޮތުން ވަރަށް ގިނަ މަސައްކަތްތަކެއްއެކި އެކި ސަރުކާރުތަކާއިވެސް ގުޅިގެން މީގެ ކުރިން ވެސް ކުރައްވާފައިވާ ތިމާވެށީގެ އެކްޓިވިސްޓެކެވެ.

https://wamco.com.mv/
tel:+9607331319