logo

ރޯދަމަހުގެ ފަހު 15 ގައި އުމްރާއަށް ދިއުމަށް ހައްޖުކޯޕަރޭޝަނުން ހުޅުވާލައިފި

profile

މުޙައްމަދު ފަޟްލޫން - 16 ފެބްރުއަރީ 2026 - 12:34

މިއަހަރުގެ ރަމަޟާންމަހުގެ ފަހު 15 ގައި އުމްރާއަށް ދިއުމަށް އިތުރު ފުރުސަތެއް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.

https://wamco.com.mv/

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހާމަކުރި ގޮތުގައި، ރަމަޟާން މަހުގެ ފަހު ފަނަރައިގައި އުމްރާގެ އަޅުކަން އަދާކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވާލީ، އެ މަހަކީ އަޅުކަމުގެ މޫސުމަކަށް ވެފައި، ގިނަ އަދަދެއްގެ ބަޔަކު އެ ދުވަސްވަރު އުމްރާއަށް ދިއުމަށް އެދެމުންދާތީއެވެ.

އަހަރުގެ ހައްޖު ދުވަސްވަރު ފިޔަވައި އެހެން ހުރިހާ ދުވަސްތަކެއްގައިވެސް އެ ކޯޕަރޭޝަނުން ޢުމްރާ ދަތުރުތައް އިންތިޒާމުކުރެއެވެ. ނަމަވެސް، ރަމަޟާން މަހާއި ސްކޫލް ބަންދު ދުވަސްވަރަކީ އުމްރާއަށް އޮންނަ ތަރުޙީބު ވަރަށް ބޮޑު ދުވަސްވަރެކެވެ. އެހެންކަމުން، މިއަހަރުގެ ރަމަޟާން މަހުގެ މުޅި މަހު އަދި ފަހު ފަނަރައިގެ އުމްރާއަށް ދިއުމަށް ގިނަ ބަޔަކު ޝައުޤުވެރިކަން ފާޅުކުރަމުންދާތީ، ފަހު 15 ގެ އުމްރާ ދަތުރުތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ހައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި، މި ދަތުރުތަކަށް ފުރުސަތު ދިނުމުގައި އިސްކަންދޭނީ ވީ އެންމެ އަވަހަކަށް ރަޖިސްޓްރީވެ، ފައިސާ ދައްކާ ފަރާތްތަކުގެ ތަރުތީބުންނެވެ.

އުމްރާ ދަތުރަށް ރަޖިސްޓްރީވުމުގެ ކަންކަން ހައްޖު ކޯޕަރޭޝަންގެ ވެބްސައިޓުގައިވާ "ފަހެލި" ޕޯޓަލް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ.

މީގެ އިތުރުން، ޕޯޓަލް މެދުވެރިކޮށް ނުވަތަ ހައްޖު ކޯޕަރޭޝަންގެ ކައުންޓަރަށް ވަޑައިގެންވެސް ޢުމްރާ ދަތުރުގެ ފައިސާ ދެއްކުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk