logo

ޖިބޫތީގެ މިނިވަން ދުވަހުގެ ތަހުނިޔާ ވަޒީރު ޒަމީރު ފޮނުއްވައިފި

profile

އައިޝަތު އިނާޝާ - 27 ޖޫން 2024 - 20:19

ފޮރިންގ މިނިސްޓަރ މޫސާ ޒަމީރު

ފޮރިންގ މިނިސްޓަރ މޫސާ ޒަމީރު

ބޫތީގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަނޭޝަނަލް ކޯޕަރޭޝަން މަހަމޫދު ޢަލީ ޔޫސުފަށް، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ތަހުނިއާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފި.

ވަޒީރުގެ މެސެޖުގައި ވަނީ އެ ގައުމުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މަހަމޫދު ޢަލީ ޔޫސުފަށާއި ސަރުކާރަށް އަދި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަށްވާފައި. އަދި ދިވެހިރާއްޖެއާއި ޖިބޫތީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރަމުންގެންދާނޭކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައި. ހަމައެއާއެކު، މަހަމޫދު ޢަލީ ޔޫސުފަށް ދުޅަހެޔޮ ޞިއްޙަތާއި ޖިބޫތީގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަން ލިބުމަށް އެދޭ ކަމަށް ވެސް ވަޒީރުގެ މެސެޖްގައި ވަނީ ވިދާޅުވެފައި.


https://wamco.com.mv/
tel:+9607331319