logo

މިތިބީ ފަލަސްތީނާއެކު - ރައީސް

profile

އަހުމަދު ޒަލީފު - 08 އޮކްޓޯބަރު 2023 - 10:47

ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހު

ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހު

ފަލަސްތީނާއި އިސްރާއީލްގެ މައްސަލަ އަށް ހައްލެއް ގެނައުމަށް ދެ ދައުލަތެއް އުފެއްދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލައްވައިފިއެވެ.

ރައީސް ސޯލިހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ ދެމިއޮތީ ފަލަސްތީނުގެ ރައްޔިތުންނާއި އެމީހުންގެ ކަރާމާތާއި އަމިއްލަ ނިންމުމެއް ނިންމުމުގެ ހައްގާއި އެއްބައިވަންތަކަމާއެކުގައި ކަމަށެވެ.

"ދިފާއީ ބާރު ނެތް ފަލަސްތީނުގެ ޖަމާއަތްތަކަށް އިސްރާއީލުން ނިސްބަތުން ބާރުގެ ބޭނުންކުރުން ކުށްވެރިކުރަން." ރައީސް ވިދާޅުވިއެވެ.

ދެ ގައުމުގެ ސުލްހަ ކަށަވަރުކޮށްދޭ ދެ ދައުލަތުގެ ހައްލަކަށް ގޮވާލައްވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ފަލަސްތީނަށް މިނިވަން ކަން ހޯދައި ދިނުމަށް އެ ގައުމުގެ ރައްޔިތުންގެ ހައްގުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ކުއްލިއަކަށް ވަނީ ވަރުގަދަ ހަމަލާތަކެއް ދީ އިސްރާއީލްގެ ސިފައިންނާއި ރައްޔިތުން ސިއްސުވާލައިފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ފަލަސްތީނުން މިހާތަނަށް އައިއިރު، އެތައް ހާސް ރޮކެޓް ހަމަލާއެއް ޣައްޒާއެއް ވަނީ ފޮނުވާލައިފައެވެ. އޭގެ ބަދަލުގައި އިސްރާއީލުން ވެސް ދަނީ ވައިގެ މަގުން ޣައްޒާ އަށް ބޮން އަޅަމުންނެވެ.

ހަމާސް އިން ބުނާ ގޮތުގައި އިސްރާއީލަށް އަމާޒުކޮށް މި ހަމަލާތައް ދޭން ފެށީ މުސްލިމުންގެ މުގައްދަސް ބިން ކަމުގައިވާ އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލުމާއި އެ ތަނަށްދާ މުސްލިމުންނަށް އަނިޔާކޮށް، ހައްޔަރުކުރަމުންދާތީއެވެ. އަދި މި ހަމަލާތަކަކީ އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އެހެން ތަންތަނުގައި ފަލަސްތީން ރައްޔިތުންނަށް އަމާޒުކޮށް ދޭ އަނިޔާވެރި ހަމަލާތަކަށް ދޭ ރައްދެއް ކަމަށް ވެސް ހަމާސް އިން ބުނެއެވެ.



https://int.etukuri.mv/
tel:+9607331319