logo

ހޮސްޕިޓަލްތަކެއް ނުހުއްޓޭނެ - ސަރުކާރު

profile

އަހުމަދު ޒަލީފު - 17 އޮކްޓޯބަރު 2023 - 16:08

ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހު

ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހު

ސިއްހީ ދާއިރާއަށް ބޭނުންވާ ސާމާނުތައް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށާއި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް ހުއްޓުމަކަށް ނާންނާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސްގެ އޮފީހުން އިއްޔެ ދެއްކި ވާހަކަތަކާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "ވަގުތަށް" ވިދާޅުވީ ކޮންމެ އަހަރެއްގެ ފަހުކޮޅުގައި ބަޖެޓަށް ދަތިކަމެއް ދިމާވުމުގެ ސަބަބުން ސިއްހީ ހިދުމަތްދޭ ތަންތަނަށް ބޭނުންވާ އާލާތްތައް ގެނައުމަށް އަބަދުވެސް ދަތިކަމެއް ދިމާވާ ކަމަށެވެ. ނަމަވެސް އެ ހިދުމަތް ފޯރުކޮށްދޭ ތަންތަން ހުއްޓުމަކަށް ނާންނާނެ ކަމަށް ވިދާޅުވިއެވެ.

އާލާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ހެލްތް މިނިސްޓްރީން އިއްޔެ އަންގާފައިވާކަން މިއުވާން ފާހަގަކުރެއްވެވިއެވެ. އެހެންކަމުން ރައްޔިތުން ކަންބޮޑުވެ ހާސްވާންޖެހޭ ވަރުގެ ކަމަކާއި ދިމާނުވާނެ ކަމަށް ވިދާޅުވިއެވެ.

އިންތިހާބީ ރައީސްގެ އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވަނީ މި އަހަރު މިހާތަނަށް އަހަރުގެ ފަހު ހަ މަހަށް ބޭނުންވާ ސިއްހީ ސާމާނަށް އޯޑަރު ކޮށްފައި ނުވާ ކަމަށް ވިދާޅުވެފައެވެ. އޭގެ ސަބަބުން ހެލްތް މިނިސްޓްރީން ހިންގަމުންދާ ހޮސްޕިޓަލުތަކާއި ހެލްތް ސެންޓަރުތަކުގައި ހިދުމަތްތައް ހުއްޓުމަކަށް އަންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

https://int.etukuri.mv/
tel:+9607331319