logo

އިންތިހާބީ ރައީސް ޑރ. މުއިއްޒުއާ ރައީސް ސޯލިހު މިއަދު ބައްދަލު ކުރައްވަނީ

profile

އަހުމަދު ޒަލީފު - 01 އޮކްޓޯބަރު 2023 - 14:59

ރައީސް ސޯލިހާއި މުޢިއްޒު

ރައީސް ސޯލިހާއި މުޢިއްޒު

ހޮނިހިރު ދުވަހު ދިވެހިރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ބަލިގަބޫލުކުރައްވާ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދަންނަވައިފިއެވެ.

ވަގުތަށް" މިހާތަނަށް ލިބިފައިވާ ނަތީޖާ އަށް ބަލާއިރު، މުއިއްޒު ވަނީ 127،105 ވޯޓު ހޯއްދަވައިފައެވެ. މުއިއްޒާ ވާދަކުރެއްވި ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 108،168 ވޯޓެވެ. މިހާތަނަށް އައިއިރު، 586 ވޯޓު ފޮށީގެ ތެރެއިން 585 ވޯޓު ފޮށި ވަނީ ގުނައި ނިމިފައެވެ. ރައީސް ސޯލިހާއި މުއިއްޒާ ދެމެދުގައި 18،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތެއް އޮތް ކަމަށް ނަތީޖާ އިން ދައްކައެވެ

އެނގިފައިވާ ގޮތުގައި އެ ބައްދަލުވުން ކުރިއަށްދާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުޑަ ވަގުތުކޮޅެއް ފަހުން 3:00 ޖަހާއިރެވެ. އެ ބައްދަލުވުމުގެ މައުލޫމާތު ނުރަސްމީކޮށް ލިބުނު ނަމަވެސް ސަރުކާރުން އެކަމުގައި އަދި ބަހެއް ނުބުނެ އެވެ.

ނަތީޖާތައް އިއުލާނު ކުރި ފަހުން ރޭ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުއިއްޒަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި އިންތިހާބުގައި ދެއްކެވި ޑިމޮކްރެޓިކް ރީތި ނަމޫނާއަށްޓަކައި ޝުކުރު ދަންނަވާ ކަަމަށް ވިދާޅުވިއެވެ،

"އެކުގައި މަސައްކަތް ކުރި އެމްޑީޕީ އާއި އޭޕީގެ މެންބަރުން އަދި އަޅުގަނޑަށް ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން". ރައީސް ވިދާޅުވިއެވެ.

https://int.etukuri.mv/
tel:+9607331319