logo

ރައީސް ސޯލިހުގެ ރިޔާސީ ދައުރަށް ކަޅިއެއް!

profile

އަހުމަދު ޒަލީފު - 11 އޮކްޓޯބަރު 2023 - 15:29

އާޓްވޯކް: އަސްލު

އާޓްވޯކް: އަސްލު

ފާދިއްޕޮޅު ހިންނަވަރު ނޫރާނީއާގޭ، އިބްރާހީމް މުޙައްމަދު ޞާލިޙު (އިބޫ) އަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ތަޖުރިބާ ބޮޑު އެއް ބޭފުޅާ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި 25 އަހަރު ދުވަހު ހޭދަކުރެއްވުމަށްފަހު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ވަޑައިގެންނެވީ، ބިރުވެެރިކަމާއި، ނާމާންކަމުގެ ތެރެއިންނެވެ. އެމަނިކުފާނު ރާއްޖޭގެ ރައީސުމްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބުވެ ވަޑައިގެންނެވީ ރައްޔިތުންގެ ތަނަވަސް އަޣުލަބިއްޔަތަކުންނެވެ. ރައީސް ޞާލިޙު އެމަނިކުފާނުގެ ސިޔާސީ ޙަޔާތްޕުޅު ފެއްޓެވީ 1994 ވަނަ އަހަރު އެވެ. އޭގެ ފަހުން، މި ފާއިތުވި މުއްދަތުގައި އެމަނިކުފާނު ވަނީ ސިޔާސީ މައިދާނުގައި ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.

ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހު

ޑިމޮކްރަސީ ގެނައުމުގައި ބޮޑު ދަޢުރެއް އަދާކުރެއްވި!

ރާއްޖެ އަށް ޑިކޮމްރަސީގެ ހެޔޮ ބަދަލު ގެނައުމުގައި ވެސް ރައީސް ޞާލިޙުގެ ދައުރު ބޮޑެވެ. އުމުރުފުޅުން 31 އަހަރުގައި ރައްޔިތުންގެ މަޖިލީހުގެ ޅ.އަތޮޅުގެ ގޮނޑި ކާމިޔާބު ކުރެއްވި ފަހުން، އެމަނިކުފާނުގެ ސިޔާސީ ދިގު ދަތުރުގައި ވަނީ އެތައް ގުނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އެ ދުވަހު ފެއްޓެވި މަސައްކަތްޕުޅުން ފެށިގެން މިއަދާ ހަމައަށް އައިއިރު، ރާއްޖޭގައި ހުރި ސިޔާސީ އެންމެ ތަޖުރިބާ ހުރި އެއް ބޭފުޅަކީ ރައީސް ޞާލިޙު އެވެ. އެ ދަތުރު އެމަނިކުފާނު ކުރެއްވީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އުސޫލުތަކާއި، އަސާސްތަކުގެ މަތިންނެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަމުގެ މަގާމުން ފެއްޓެވި ދަތުރުން، ރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާގެ މަގާމަށް ވަޑައިގެންނެވި އެވެ. ރައީސުލްޖުމްޙޫރިއްޔާގެ މަގާމަށް ވަޑައިގަތުމަށް ވެސް ކުރައްވަން ޖެހިވަޑައިގެންނެވި ދަތި މަސައްކަތްޕުޅެކެވެ. އޭރު، ރާއްޖޭގައި އޮތް އަނިޔާވެރިކަމާއި، ބިރުވެރިކަމާ ދެކޮޅަށް ފާޅުގައި ނިކުންނެވީ ރައީސް ޞާލިޙު އެވެ. ސިޔާސީ ލީޑަރުންނާއި، އެކްޓިވިސްޓުންތައް ޖަލުގެ ތޭރިތަކުގެ ތެރޭގައި ތިބެން ޖެހުނުއިރު، އެ އެންމެންގެ ހައްގުގައި ނުކުންނެވި އެއް ބޭފުޅަކީ ރައީސް ޞާލިޙު އެވެ. އެ ޙާލަތު ބަދަލުކުރުމަށް، އޭރު މަޑުޖެހިފައި އޮތް އިދިކޮޅު ނަގައި ކޮޅަށް ޖެއްސެވި އެއް ބޭފުޅަކީ ވެސް ރައީސް ޞާލިޙު އެވެ.

ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހު

އިންތިހާބު ކާމިޔާބު ކުރެއްވީ ގިނަ ގޮންޖެހުންތަކާއެކު!

އެތައް ގޮންޖެހުންތަކާއި، ބިރުވެރިކަމެއްގެ ތެރެއިން އެމަނިކުފާނު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އެވެ. ވެރިކަމުގައި ރައީސް ޞާލިޙު ހޭދަކުރެއްވި ފަސް އަަހަރަކީ، ދަތި އުނދަގޫ ފަސް އަހަރެވެ. ވެރިކަމަށް ދެ އަހަރު ނުވަނީސް، ކޯވިޑް-19 ގެ އާލަމީ ވަބާ ޤައުމަށް ކުރިމަތިވި އެވެ. އެ އަނދަވަޅުގެ ތެރޭގައި، ޤައުމުގެ އިޤްތިސާދު މުޅިން ހުއްޓުމަކަށް އައެވެ. ރާއްޖެ ބަނގުރޫޓުވާނެ ކަމަށް ރައީސް ޞާލިޙުގެ ވާދަވެރިން ދިޔައީ "ތަސްބީހައެއް" ހެން ގޮވަމުންނެވެ. އެ ދަތި ޙާލަތުގައި ރައީސް ޞާލިޙުގެ ފަރާތްޕުޅުން ފެނުނީ ވެރިއެއްގެ ކިބައިން ފެންނާނެ އެންމެ ފުރިހަމަ މިސާލެވެ. ނިންމުންތައް ނިންމެވުމުގައި، ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަން އިސްކުރެއްވި އެވެ. ޤައުމަށް އާމްދަނީ ވަންނާނެ ހުރިހާ މަގެއް މުޅިން ހުއްޓި، "ރިހޭ ފައި މައްޗަށް ފޮއި" ވެއްްޓޭ ހިސާބަށް ކަންކަން ދިޔަ އެވެ. ރައްޔިތުން ފުރަބަންދެއްގައި ތިބެން ޖެހުމަކީ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އެހެން ނަމަވެސް، ރައީސް ޞާލިޙުގެ ދުރު ވިސްނުންފުޅާއި، ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިންގެ ބުރަ މަސައްކަތްޕުޅާއެކު ދާދި އަވަހަށް އެ ބިރުވެރިކަމުން ސަލާމަތްވި އެވެ. އެ ބިރުވެރި ޙާލަތުގައި ސަރުކާރުން ވަނީ އަވަސް، ހަރުދަނާ ފިޔަވަޅުތަކެއް ވެސް އަޅުއްވައިފަ އެވެ.

ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހު

ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރެއްވި!

ސަރުކާރަށް ނިސްބަތްވާ އެއްވެސް މުވައްޒަފެއްގެ މުސާރަ ކަނޑައެއް ނުލަ އެވެ. ވަޒީފާ އިން ވަތްކެއް ނުކުރެ އެވެ. ރައްޔިތުންނަށް ބޭނުންވާ އެންމެހައި ޢަސާސީ ޚިދުމަތްތައް ސަރުކާރުން ވަނީ އެންމެ ފުރިހަމަ އަށް ފޯރު ކޮށްދެއްވައިފަ އެވެ. ޚުދު ރައީސް ޞާލިޙުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅުއްވީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް އެޅުއްވި ފިޔަވަޅެވެ. ކޮވިޑުން އަރައިގަނެ، ޤައުމުގެ އިޤްތިސާދު ހިނގައި ގަތުމާއެކު، ތަރައްޤީގެ މަޝްރޫއުތަށް ވެސް ހިނގައިގަންނަން ފެށި އެވެ. ކުޑަ ރަށެއް، ބޮޑު ރަށެއް ނުބައްލަވައި، ރައީސް ޞާލިޙު ގެންދެވީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުއްދަވައި ދެއްވަމުންނެވެ. ބައެއް ރަށްރަށުގައި އަސާސީ ޚިދުމަތްތައްް ފުރިހަމަ ނުވެ، ފަޅުވާން ކައިވެރިވެފައި ވަނިކޮށް، އެ ރަށްތަކަށް ދިރުމެއް ގެނެސްދެއްްވި އެވެ. ރައްޔިތުންނަށް އެންމެ ބޭނުންވާ އަސާސީ ޚިދުމަތްތައް އެމަނިކުފާނު ފުރިހަމަ ކޮށްދެއްވީ "ފަތުއަޑު ކިޔައިފަ" އެވެ. 2023 ގެ ރިޔާސީ ކެމްޕެއިނާ ހަމައަށް އައިއިރު، އެއްވެސް ރަށެއްގައި ފެނާއި، ނަރުދަމާ އަޅަން އެއްވެސް ކެންޑިޑޭޓަކަށް ވައުދުވާކަށް ނުޖެހެ އެވެ. ކޮވިޑުގެ ދަތި ހާލަތުން ހިންދަމައި ނުލެވިގެން އުޅެނިކޮށް، ދެން ވެސް ވައްޓާލީ "ބޮޑު ބޮމެއް" ކެވެ. އަމިއްލަފުޅު ޕާޓީގެ ތެރެއިން، އެންމެ ގާތް އެކުވެރިޔާ ރައީސް ޞާލިޙާ ދެކޮަޅަށް ނުކުންނެވީ އެވެ. ފާޅުގައި ސަރުކާރު ހިންގުމާއި، ރައްޔިތުންނަށް ބޭނުންވާ ކަންމަށް ހުރަސްއެޅި އެވެ. ފާޅުގައި ރައީސް ޞާލިޙުގެ އަބުުރުފުޅު ކަތިލަައި، އެކި އެކި ދޮގު އިލްޒާމުތައް އެޅުއްވި އެވެ. އެކަން ކަމަށް ރައީސް ޞާލިޙު ރިއެކްޓު ކުރެއްވީ އަނގަޔަކުން ނޫނެވެ. އަމަލުންނެވެ. ޖަދަލުގައި އެއްޗެއް ވިދާޅެއް ނުވެ އެވެ.

ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހު

ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ފެހި ޤާނޫނު އަސާސީ ވުޖޫދަށް ގެނެއުމަށްޓަކާ އުފެއްދި ރައްޔިތުންގެ ޚާއްސަ މަޖިލީހުގައިވެސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދައުރު ވަނީ ފެނިގެންގޮސްފައެވެ.

 ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ވަޑައިގަތުމުގެ ކުރިން ސިޔާސީ ދާއިރާއިން އެމަނިކުފާނު ފުރުއްވާފައިވާ ބައެއް މަޤާމްތަކުގެ ތެރޭގައި އެމް.ޑީ.ޕީގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރުކަމުގެ މަޤާމާއި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަމާއި މައިނޯރިޓީ ލީޑަރުކަމާއި، 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާއި ދެކޮޅަށް ވާދަކުރެއްވި އިދިކޮޅު ކޯލިޝަންގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުކަމުގެ މަޤާމް ހިމެނެއެވެ. 

 ރާއްޖޭގެ ސިޔާސީ ދާއިރާގައި މިވަގުތު ހަރަކާތްތެރިވެވަޑައިގަންނަވާ އެންމެ ދުވަސްވީ އަދި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޢިލްމާއި ތަޖުރިބާގެ އަލީގައި ރާއްޖޭގެ ހިންގުމުގެ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އިންސާނީ ހައްޤުތައްފަދަ ޑިމޮކްރަސީގެ އެންމެ އަސާސީ ހައްޤުތަކަށް ވަކާލާތުކޮށް، އެކަންކަން ދިވެހިރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް އިބްރާހީމް މުޙައްމަދު ޞާލިހުވަނީ ގިނަގުނަ މަސައްކަތްޕުޅުތައް ކުރައްވާފައެވެ.

ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހު

ކޮވިޑުން އަރައިގަތީ ޙިކުމަތްތެރިކަމާއެކު!

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ 5 އަހަރުގެ ތެރެއިން 2 އަހަރު ހޭދަކުރަންޖެހުނީ ކޯވިޑްގެ ބަލިމަޑުކަމުގައެވެ. އެހެންނަމަވެސް ރައްޔިތުންނަށް ތަކުލީފެއް ނުދީ ސަރުކާރުން ގެންދެވީ ދެވެން ހުރި ލުއިތައްދެއްވާ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. ކޯވިޑްގެ ބަލިމަޑުކަމާއެކު ކުރިމަތިވި ދަތިތަކާއި ގޮންޖެހުންތަކާއެކުވެސް ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށް ޖައްސަވާ، ތަރައްޤީގެ އެކި އެކި މަޝްރޫޢުތައް ރައީސް ޞާލިޙު ވަނީ ހިންގަވާފައެވެ. ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ކުޑަރަށެއް ބޮޑުރަށެއް ތަފާތުކުރުމެއްނެތި ޚިދުމަތްތައް ފޯރުކޮށްދެއްވުމުގެ މަސައްކަތް ކުރެއްވިއެވެ. ޚާއްސަގޮތެއްގައި އެކި ދާއިރާތަކުގެ މުވައްޒަފުންގެ މުސާރައަށް ގެންނެވި ހެޔޮ ބަދަލާއި، މާލޭ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ހިންގަވާ މަޝްރޫޢަކީ މި ސަރުކާރުގެ ފާހަގަކޮށްލެވޭ ފުރަތަމަ ދައުރަކަށް ފަހު ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމަށް އެމަނިކުފާނު ގެންދެވީ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ. ޚާއްސަގޮތެއްގައި ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގެން ކެމްޕޭން ގިނަ ހަރަކާތްތަކެއް ވަނީ ހިންގަވާފައެވެ.

ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހު

ތަފާތު ޝަހުޞިއްޔަތެއް!

އެއީ ތެދެކެވެ! ރައީސް ސޯލިހު އަސްލުވެސް ތަފާތެވެ. ވެރިކަމަށް ވަޑައިގެން ޖަލަށް ވަޑައިގެން ޖަލުގެ ހާލަތު ބެއްލެވިއެވެ. ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ ކަމަށް ވައުދު ވެވަޑައިގަތް ގިނަ ކަންކަން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކުރައްވާ ތަފާތު ދައްކުވައިދިނެވެ. ސިޔާސީ ގޮތުން ހަތުރުންގެ ގޮތުގައި ތިބި އެކި ފިކުރާއި، ހިޔާލުތަކުގެ ލީޑަރުންތަކެއް އެއްގަލަކަށް އަރުވައި ރައްޔިތުންނަށް އުމްމީދުތަކެއް ގެނުވައިދިނެވެ..ރައްޔިތުންނަށް ތަކުލީފަކަށް ވެފައިހުރި ގިނަ ކަންތައްތަކަށް ހައްލު ހޯދައި ދެއްވަން ފެއްޓެވިއެވެ. ވެރިކަން ލިބިއްޖެ ނަމަ ވެވަޑައިގަންނަވާނީ "އެންމެހާ ރައްޔިތުންގެ މީހަކަށް" ކަމަށް ވެވަޑައިގެންނެވި ވައުދު ފުއްދަވައިފިއެވެ.

https://int.etukuri.mv/
tel:+9607331319