logo

ސޫރިޔާގެ ވެރިރަށް ދިމިޝްގުގައި ހުންނަ، ސޫރިޔާ ސިފައިންގެ މައި މަރުކަޒަށް އިސްރާއީލުން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި

profile

ސައިފް އަޒުހަރު - 16 ޖުލައި 2025 - 10:26

ސޫރިޔާގެ ވެރިރަށް ދިމިޝްގުގައި ހުންނަ، ސޫރިޔާ ސިފައިންގެ މައި މަރުކަޒަށް އިސްރާއީލުން ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުން އެބަ ގެންދެއެވެ.

https://wamco.com.mv/

އިސްރާއީލުގެ ހަމަލާތަކާ އެކު އެ ހިސާބުން ބާރުގަދަ ގޮވުންތައް ގޮވަމުންދާ ކަމަށް، މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި ހަމަލާގެ މަންޒަރުތައް ފެންނަ ވީޑިއޯތައްވެސް އާންމުވަމުން އެބަދެއެވެ.

ސޫރިޔާ ސަރުކާރު މީޑިއާއިން ބުނެފައިވަނީ، އިސްރާއީލު ސިފައިން ޑްރޯން ބޭނުންކޮށްގެން ދިމިޝްގުގައި ހުންނަ ސޫރިޔާގެ ޑިފެންސް މިނިސްޓްރީއަށްވެސް ހަމަލާދީފައިވާ ކަމަށެވެ.

އިސްރާއީލުން ސޫރިޔާގެ ވެރިރަށް ދިމިޝްގަށް ވައިގެ ހަމަލާތައް ދޭން މިފެށީ، ސޫރިޔާގެ ދެކުނުގައި ދުރޫޒް ދަރިކޮޅުގެ އަޣުލަބިއްޔަތު އޮންނަ ސުވެއިދާ ސިޓީގައި ދުރޫޒް ހަނގުރާމަވެރިންނާއި، ސޫރިޔާ ސަރުކާރު ސިފައިންނާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކުރި ފަހުންނެވެ.

އިސްރާއީލުން ހިމާޔަތް ދީފައިވާ ސުވެއިދާ ސިޓީގައި ތިބި ސޫރިޔާ ސިފައިންނަށާއި، ސިފައިންގެ ތަންތަނަށްވެސް އިސްރާއީލުން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައި ވެއެވެ.

ސުވެއިދާގައި އަލުން ކުރިމަތިލުންތައް ފެށުނީ، ހަމަލާތައް ހުއްޓާލުމަށް ދުރޫޒް ހަނގުރާމަވެރިންނާއި، ސިފައިންނާ ދެމެދު އެއްބަސްވުމެއް ވުމަށްފަހުގައެވެ.

ދިމިޝްގަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމަށްފަހު، އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ކާޒް ވަނީ، ސުވެއިދާ ސިޓީން ސޫރިޔާ ސިފައިން ފައިބައިގެން ދަންދެން ދިމިޝްގަށް ހަމަލާތައް ދޭނޭ ކަމަށެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay