logo

ފިނޭންސް މިނިސްޓްރީގެ 19 ބިމެއް، ފަހި ދިރިއުޅުން ކޯޕަރޭޝަނަށް މިލުކުކޮށްދީފި

profile

ޒިދާން މުޙައްމަދު - 19 ނޮވެމްބަރު 2024 - 12:20

ދިވެހިރާއްޖޭގެ ސިވިލް ކޯޓު

ދިވެހިރާއްޖޭގެ ސިވިލް ކޯޓު

މިނިސްޓްރީ އޮފް ފިނޭންސްގެ 19 ބިމެއް، ފަހި ދިރިއުޅުން ކޯޕަރޭޝަން - އެފްޑީސީއަށް މިލުކުކޮށްދީފިއެވެ.

އެ ބިންތަކަކީ ފަހި ދިރިއުޅުން ކޯޕަރޭޝަންގައިވާ ދައުލަތުގެ ހިއްސާގެ ގޮތުގައި މިލުކުކޮށްދިން އެއް ބިލިއަން ރުފިޔާގެ އަގު ހުރި ބިންތަކެކެވެ.

ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ އެފްޑީސީއަކީ މިހާރު 200 މިލިއަން ހިއްސާ އެކުލެވޭ ކުންފުންޏެކެވެ. އެ ހިއްސާގެ އަގަށްވާ ދެ ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ސަރުކާރުން އަގު އަދާނުކޮށް 107 މިލިއަން ހިއްސާ އެބަ އޮތެވެ.

އެހެންވެ މިނިސްޓްރީ އޮފް ފިނޭންސްގެ ނަންމަތީ އޮތް 19 ބިމެއް ސަރުކާރުން ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ދިނީ އަގު އަދާނުކޮށް އޮތް ހިއްސާގެ ތެރެއިން 103 ހިއްސާއަށްވާ އަގުގެ ގޮތުގައެވެ. އެ 19 ބިމުގެ އަގުގެ ގޮތުގައި ދެ ފަރާތުން އެއްބަސްވެފައިވަނީ 1.3 ބިލިއަން ރުފިޔާއެވެ.

ދިވެހިރާއްޖޭގެ ސިވިލް ކޯޓުން ވަނީ މި މުއާމަލާތަކީ ސައްހަ މުއާމަލާތެއް ކަމަށް ކަނޑައަޅައި، ފިނޭންސް މިނިސްޓްރީގެ 19 ބިން ފަހި ދިރިއުޅުން ކޯޕަރޭޝަނަށް މިލުކޮށްދީފައެވެ.

މިމައްސަލާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމްގައި ބުނީ ވިއްކުމުގެ ކުރިއަށް ބަންޑާރަ ގޯތި އަމިއްލަކުރަން ސަރުކާރަށް ދައްކަން ޖެހޭ އަގު ފައިސާއިން ދެއްކުން ފިޔަވައި އެހެން އެއްވެސް ކަމެއްގައި، ވިއްކުމުގެ އަގު އަދާކުރަން ޖެހޭނީ ފައިސާއިން ކަމަށް ބަންޑާރަ ގޯތި އަމިއްލަކުރުމާއި ގަނެ ވިއްކުމާ ބެހޭ ގަވައިދުގައި ބަޔާންކޮށްފައި ނެތް ކަމަށެވެ.

އެފްޑީސީއާއި ފިނޭންސް މިނިސްޓްރީގެ މުއާމަލާތަށް ބަލާއިރު މައްސަލާގައި ހިމެނޭ މުގާބިލަކީ މަގުބޫލު ނުވަތަ ފުދޭނެ، އެ ލިބިގަންނަ ފަރާތަށް އަގުކުރެވޭ ނުވަތަ އަގެއް ހުރި އެއްޗެއް ކަން އެނގެން އޮންނަ ކަމަށާއި ގަނެ ވިއްކުމުގެ މި މުއާމަލާތުގެ އިޖާބާއި ގަބޫލު ފުރިހަމަވެ، ވިޔަފާރީގެ އަގު ހަލާސްވެގެންވާ ކަމަށް ބަލަން ޖެހޭ ކަމަށް ކޯޓުން ކުރި ޙުކުމްގައި ބުންޏެވެ.

https://wamco.com.mv/
tel:+9607331319