logo

ކިމްސް ހޮސްޕިޓަލްގެ ސްޕެޝަލިސްޓުން މި ފެބްރުއަރީ މަހުގެ 10 އިން 16 އަށް ކެއަރވަން އެންޑް ކްލިނިކް އަށް !

profile

މުޙައްމަދު ފަޟްލޫން - 07 ފެބްރުއަރީ 2026 - 13:03

އިންޑިއާގެ ކިމްސް ހޮސްޕިޓަލްގައި މަސައްކަތްކުރާ ސްޕެޝަލިސްޓުން ކެއަރވަން ޑެންޓަލް އެންޑް ކްލިނިކްގައި މި ފެބްރުއަރީ މަހު ބަލިމީހުން ބަލަން ހަމަޖެހިއްޖެއެވެ.

https://wamco.com.mv/

ކެއަރ ވަން ޑެންޓަލް އެންޑް ކްލިނިކް ގައި މި ފެބްރުއަރީ މަހުގެ 10 އިން 16 އާއި ދެމެދު އިންޑިއާގެ ކިމްސް ހޮސްޕިޓަލްގައި ބަލިމީހުން ބައްލަވާ ސްޕެޝަލިސްޓުން ހަރަކާތްތެރިވެ ބަލިމީހުންނަށް ފަރުވާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ކްލިނިކުން ވަނީ ބުނެފައެވެ.

މި ފެބްރުއަރީ މަހުގެ 10 އިން 11 އަށް ކިމްސް ހޮސްޕިޓަލްގެ ދަތުގެ ހާއްސަ ޑޮކްޓަރު ޑރ އަބްދުއް ސަމީރު ސީކޭ ކެއަރވަން ޑެންޓަލް ކްލިނިކްގައި ބަލިމީހުން ބެލުމާއި ފަރުވާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޑރ އަބްދުއްސަމީރު ފަރުވާދިނުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި ކަށިގަނޑާއި ދަތްޕިލަ ހެދިބޮޑުވަމުން އަންނަ ގޮތަށް ބަދަލުގެނެސްގެންދޭ އޯތޯޑޮންޓިކް ފަރުވާ އާއި ކުދި އިމްޕްލާންޓް ބޭނުންކޮށްގެން ދަތްތައް ސީދާކުރުމަށްދޭ އޯތޯޑޮންޓިކް ފަރުވާގެ އިތުރުން މަތީ ދަތްޕިލައިގެ ކަށިގަނޑު ފުޅާކުރުމަށްދޭ ފަރުވާ ހިމެނެއެވެ.

މައިބަދައިގެ އޮަޕަރޭޝަންތަކަށް ހާއްސަ ކިމްސް ހޮސްޕިޓަލްގައި ބަލިމީހުން ބައްލަވާ ޑޮކްޓަރު ޑރ ޗަންދްރަން އެމް މި މަހުގެ 11 އިން 13 އަަށް ކްލިނިކްގައި ބަލިމީހުން ބަލައި ފަރުވާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޑރ ޗަންދްރަން ފަރުވާދޭ ދާއިރާތަކުގެ ތެރޭގައި މައިބަދައިގެ މައްސަލަތައް ދެނެގަތުމާއި މައިބަދައަށް އިންޖެކްޝަން ޖެހުމުގެ ފަރުވާގެ އިތުރުން ކަރާއި މައިބަދައިގައި ރިހޭ ރިހުންތަކަށް ފަރުވާ ދިނުން ހިމެނެއެވެ.

ކެމެރާ އަދި މައިކްރޮސްކޯޕް ބޭނުންކޮށްގެން ކުރެވޭ މިއިބަދަވަޅުގެ ޑިސްކް އޮޕަރޭޝަންތައް ކުރުމާއި ކުޑަ ތަންކޮޅެއް ފަޅައިގެން ބުރަކަށީގެ ކަށިތައް ގުޅުވައިދޭން ކުރާ ޚާއްޞަ އޮޕަރޭޝަންތައް ކުރުމުގެ އިތުރުން ކުޑަކުދިންނާއި ބޮޑެތި މީހުންގެ ބުރަކަށި އަރިވުމާއި ގުދުވުމުގެ މައްސަލަތަކަށް ދެވޭ ފަރުވާ ހިމެނެއެވެ.

ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑރ ޝިޖޫ ކުމާރު ސީ މި މަހުގެ 11 އިން 13 އަށް ކްލިނިކްގައި ބަލިމީހުން ބެލުމާއި ފަރުވާ ދޭން ހަމަޖެހިފައިވާއިރު ޑރ ފަރުވާ ދޭން ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ކުޑަކުދިންގެ އިންޓެންސިވް ކެއާ ޔުނިޓް (PICU) ގައި ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި ކުޑަކުދިންނަށް ދެވޭ އެކްސްޓްރާކޯޕޯރިއަލް މެމްބްރޭން އޮކްސިޖިނޭޝަން (ECMO) ނުވަތަ ހިތާއި ފުއްޕާމޭގެ މަސައްކަތް ބޭރުން ކޮށްދޭ ފަރުވާގެ އިތުރުން ކުޑަކުދިންނަށް ދިމާވާ ނޭވާލާ ނިޒާމުގެ ނުރައްކާތެރި ހާލަތް ނުވަތަ ޕީޑިއޭޓްރިކް އެކިއުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް (PARDS) އާއި ކުޑަކުދިންނަށް ދިމާވާ ކުއްލި ނުރައްކާތެރި ސިއްހީ ހާލަތްތަކާއި ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތަކަށް ފަރުވާކުރުން ހިމެނެއެވެ.

އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑރ ގަނޭޝް ވިޝްވަނަތަން މި މަހުގެ 14 އިން 16 އަށް ކެއަރ ވަން ޑެންޓަލް އެންޑް ކްލިނިކްގައި މަސައްކަތް ކުރަން ހަމަޖެހިފައިވާއިރު، ޑރ ފަރުވާދޭން ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ސްލީޕް މެޑިސިން އާއި އެންޑޯ ކްރިނޮލޮޖީ އަދި ހަކުރުބަލީގެ ފަރުވާ ހިމެނެއެވެ.

ޑޮކްޓަރުންނަށް އެޕޮއިންޓްމެންޓް ހެއްދުމަށް 9233335 އަދި 9233336 ނަމްބަރު ފޯނާއި ގުޅައިގެން ކުރިއަށް ދިއުމަށް ކްލިނިކުން ވަނީ އިރުޝާދު ދެއްވާފައެވެ.

ކެއަރ ވަން ޑެންޓަލް އެންޑް ކްލިނިކަކީ މަލްޓި ޝްޕެޝަލިސްޓުން ފަރުވާ ދިނުމަށް ހާއްސަ ކޮށް މާލޭގައި ހުޅުވާފައިވާ ކްލިނިކެކެވެ.

މި ކްލިނިކް ހުންނަނީ ހެންވޭރު ނިވައި އަސްރަފީ މަގުގައެވެ.

ކްލިނިކް ހުޅުވިފައި ހުންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު އަދި ބުރާސްފަތި ދުވަހާއި ދެމެދު ހެނދުނު 8 އިން ރޭގަނޑު 10 ޖެހުމާއި ހަމައަށެވެ.

މި ކްލިނިކުން މިހާރު ލެބޯޓްރީގެ ހިދުމަތާއި އެކްސްރޭގެ ހިދުމަތް ލިބެން ހުންނާނެ ކަމަށް ކެއަރ ވަން ޑެންޓަލް އެންޑް ކްލިނިކްގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދު ވިދާޅުވިއެވެ.

ކެއަރ ވަން ޑެންޓަލް އެންޑް ކްލިނިކަކީ އާސަންދައިގެ ހިދުމަތް ވެސް ލިބޭ ގޮތަށް އިންޑިއާގެ ކިމްސް ހޮސްޕިޓަލާއި ގުޅިގެން ކުރިއަށް ގެންދާ ކްލިނިކެއް ކަމަށް ސައުދު ވިދާޅުވިއެވެ.

ކެއަރވަން އެންޑަލް އެންޑް ކްލިނިކްގެ ނަމުގެ ކުރީގައި ޑެންޓަލް އޮތް ނަމަވެސް އެ ކްލިނިކަކީ ދަތުގެ ފަރުވާ އާއި ހުރިހާ އެހެނިހެން ބަލިތަކަށް ފަރުވާ ދޭ ޝްޕެޝަލިސްޓުން ބައްލަވާ ކްލިނިކެއް ކަމަށް ސައުދު ވިދާޅުވިއެވެ.

އިންޑިއާގެ ކިމްސް ހޮސްޕިޓަލްގެ ސްޕެޝަލިސްޓުން ކޮންމެ މަހަކު ކެއަރވަން ޑެންޓަލް އެންޑް ކްލިނިކްގައި ބަލިމީހުން ބެލުމަށް ހަމަޖެހިފައިވާ ކަމަށްވެސް ސައުދު ވިދާޅުވެފައެވެ.

ކެއަރވަން ޑެންޓަލް އެންޑް ކްލިނިކާއި ބެހޭ އިތުރު މައުލޫމާތު 9233335 އަށް ގުޅައިގެން އަދި ފޭސްބުކް އާއި އިންސްޓަރގްރާމް މެދުވެރިކޮށް ލިބެން ހުރެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay