logo

އެމްޓީސީސީ ސާބަސް ޔަންމާ ޕްރޮމޯޝަން ލޯންޗްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 07 ފެބްރުއަރީ 2026 - 17:28

އެމްޓީސީސީ ސާބަސް ޔަންމާ ޕްރޮމޯޝަން ލޯންޗްކޮށްފިއެވެ.

https://wamco.com.mv/

މި ޕްރޮމޯޝަން ލޯންޗްކޮށްދެއްވީ އެކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޖަމްޝީދު އެވެ.

ސާބަސް ޔަންމާ ޕްރޮމޯޝަން ކުރިއަށްދަނީ ފެބްރުއަރީ 15 އިން 31 މާޗްގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ ދަށުން އިންޖީނު ބައްލަވައިގަންނަވާއިރު 10 ޕަސެންޓްގެ ބުކިންގ ފީއެއް ދައްކައިގެން 8 ޕަސެންޓްގެ ހާއްސަ ޑިސްކައުންޓްއެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

ސާބަސް ޔަންމާ ޕްރޮމޯޝަންގެ ދަށުން ލިބިގެންދާނެ އެންމެ ބޮޑު ފައިދާ އަކީ ޔަންމާ އިންޖީނުތަކުން ލިބިގެންދާ 8 ޕަސެންޓްގެ ޑިސްކައުންޓް ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

އެމްޓީސީސީ އިން ބުނީ ޔަންމާ އިންޖީނުން ޑިސްކައުންޓް ލިބިގެންދާނީ ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި 10 ޕަސެންޓްގެ ބުކިންގ ފީ ދައްކައި އިންޖީނު އޯޑަރކުރާ ފަރާތްތަކަށް އެކަނި ކަމަށެވެ.

އިންޖީނު ބަދަލުކޮށްލަން ނުވަތަ އައު އިންޖީނެއް ގަންނަން ބޭނުންވާ ފަރާތްތަކަށް އެމްޓީސީސީގެ ސާބަސް ޔަންމާ ޕްރޮމޯ އަކީ ރަނުގެ ފުރުސަތެކެވެ.

އެމްޓީސީސީ ސާބަސް ޔަންމާ ޕްރޮމޯޝަން ލޯންޗްކޮށްފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯ 2026 ގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay