logo
ޕީއެންސީގެ ކެމްޕޭން މެނޭޖަރު އަދި ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާޙިމް ފަލާހް

ޕީއެންސީގެ ކެމްޕޭން މެނޭޖަރު އަދި ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާޙިމް ފަލާހް

ޗެއަރޕާސަން ވަޅަށް ފައިބައިގެން އުޅުއްވާތަން އެބަފެނޭ: ފަލާހް

profile

މުޙައްމަދު ފަޟްލޫން - 07 ފެބްރުއަރީ 2026 - 18:29

އިދިކޮޅު ޕާޓީގެ ޗެއަރޕާސަން ވަޅަށް ފައިބައިގެން އުޅުއްވާތަން ވީޑިއޯތަކުން ފެންނަމުންދާ ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އައްޑޫ ސިޓީގައި ޕީއެންސީ ލޯކަލް ކައުންސިލް ކެމްޕޭން އިފްތިތާހުކުރަން ބޭއްވި ޖަލްސާގައި އިދިކޮޅު ޕާޓީތަކަށް ފަލާހް ވަނީ ފާޑުވިދާޅުވެފައެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭންގައި އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން ރަށްރަށަށް ގޮސް ކުދިކުދި ވީޑިއޯކޮޅުތައް ކުޅެން ވާވަލާއި ފާފަލަށް ވަންނަމުންދާ ކަމަށް ފަލާހް ވިދާޅުވިއެވެ. އެހިސާބުން ޕާޓީގެ އެތެރެ ވަރަށްބޮޑަށް ހަލާކުވެފައިވާކަން ހާމަވާ ކަމަށް ފަލާހް ވިދާޅުވިއެވެެ.

ޕާޓީ އެތެރެ ހަލާކުވެގެންދާތަން ރައްޔިތުންނަށް މިއަދު ފެންނަމުންދާކަން ފާހަގަކޮށް ފަލާހް ވިދާޅުވީ ޗެއަރޕާސަން ވަޅަށް ފައިބައިގެން އުޅުއްވާ ތަނާއި ބައެއް މަޖިލިސް މެމްބަރުން މޫދަށް އެރިގެން އުޅޭ މަންޒަރު ފެންނަމުންދާ ކަމަށެވެ. އެދަރަޖައަށް ކަންކަން ދިއުމުން އެއޮތީ ވަރަށް ބޮޑަށް ގޯސްވެފައިކަމަށް ފަލާހް ވިދާޅުވިއެވެ.

ޕީއެންސީއަށް ކުރިއަށް މިއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިންތިހާބަކާއި ނުލާ އެތައް ގޮނޑިއެއް ކާމިޔާބުކޮށްފައިވާ ކަމަށް ފަލާހް ވިދާޅުވިއެވެ. އެގޮތުން ގާތްގަނޑަކަށް ލޯކަލް ކައުންސިލްގެ 7 އިންސައްތަ ގޮނޑި އިންތިހާބަކާއި ނުލާ ކާމިޔާބު ކުރެވިފައިވާ ކަމަށް ފަލާހް ވިދާޅުވިއެވެ. އެކަމުންވެސް ޕީއެންސީ އަށާއި ދިވެހިރައްޔިތުންނަށް ތާއީދުއޮތް މިންވަރު ހާމަވެގެންގޮސްފައިވާ ކަމަށް ފަލާހް ވިދާޅުވިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay