logo

އެމްޓީސީސީން ކުޅުދުއްފުށީ ގެ ވޯކިން އިންޓަވިއު އަށް ބޮޑު ތަރުހީބެއް

profile

އައިމިނަތު ޒައިބާ - 07 ފެބްރުއަރީ 2026 - 14:42

އެމްޓީސީސި އިން ކުޅުދުއްފުށީގައި ހިންގި ވޯކިން އިންޓަވިއުއަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ،

https://wamco.com.mv/

މި ވޯކިން އިންޓަވިއު ކުރިޔަށް ގެންގޮސްފައިވަނީ މިއަދު ހެނދުން 10:00 އިން ހަވީރު 16:00 އާ ހަމައަށް ކުޅުދުއްފުށި ސިޓީގައި ހުންނަ އާރުޓީއެލް ފެރީ އޮފީހުގައެވެ.

މި އިވެންޓަކީ އެމްޓީސީސީގެ އެކި މަގާމްތަކަށް ބޭނުންވާ 50 މުވައްޒަފުން ހޯދުމުގެ ގޮތުން ބޭއްވި ހަރަކާތްތެކެވެ. މީގެ ތެރޭގައި ޑްރެޖް ކުރޫ، ވެލްޑަރުން، ޑްރެޖް ސުޕަވައިޒަރުން ،ޓަގް އޮޕަރޭޓަރުން އަދި ޓަގް ކުރޫގެ އިތުރުން ޑްރެޖަރ އޮޕަރޭޓަރާއި މެކޭނިކް ޓްރެއިނީންގެ މަޤާމުތައް ހިމެނެއެވެ.

އެމްޓީސީީސީއިން މައުލޫމާތު ދިން ގޮތުގައި މި އިވެންޓް ކުރިޔަށް ގެންގޮސްފައިވަނީ އުއްމީދުކުރިވަަރަށް ވުރެންވެސް ބޮޑު ތަރުހިބާކާއެކުއެވެ.

މި އިވެންޓުގެ މައިގަނޑު މަގްސަދަކީ ކުޅުދުއްފުށި ސިޓީ އާއި އުތުރުގެ ސަރައްހައްދުން ވަޒީފާއަށް ބޭނުންވާ ފަރާތްތަކުގެ ޕޫލެއް އެކުލަަވާލައި އެ ސަރައްހައްދުގައި ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އެމްޓީސީ އިން ބުނެއެވެ.

އެ ކުންފުނިން ބުނީ ވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އެމްޓީސީސީން ކުރިޔަށް ގެެންދާ ތަރައްގީގެ މަޝްރޫތަކުގައި އަމަލީގޮތުން ބައިވެރިވާނެކަމަށާއި ، މިއީ ރާއްޖޭގެ އަތޮޅުތަކުގެ ތެރޭގެ ތިބި ހުނަރުވެރި ޒުވާނުންނަށް އެކުންފުނިން ދިން ރަނުގެ ފުރުސަތެއް ކަމަށް ވެސް ފާގަކުރިއެވެ.

އެމްޓީސީސީއިން އަންނަނީ އެކި ދުވަސްވަރު މިފަދަ ވޯކިން އިންޓަވިއު ބާއްވައި އެ ކުންފުނީގެ އެކި ވަޒީފާތަކަށް މުވައްޒަފުން ނަގަމުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay