.avif&w=3840&q=75)
ފީނަން ގޮސް އުޅުނު މީހަކު ނިޔާވެއްޖެ

އައިމިނަތު ޒައިބާ - 08 އޭޕްރީލު 2026 - 08:04
ވިލިމާލޭ ފަޅުތެރެޔަށް ފީނަން ގޮސް އުޅުން މީހަކު ގެއްލިގެން ހޯދަނިކޮށް ވަނީ މޫދު އަޑީގައި ނިޔާވެފައި އޮއްވާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މިހާދިސާގައި ނިޔާވެފައިވަނީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނެއް ކަން ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައި އެވެ.
ފުލުހުން ބުނީ މި މީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނުގައި ކަމަށެވެ.
މިހާދިސާގައި ފުލުހުންނަށް ރިޕޯޓް ލިބިފައިވަނީ މިއަދު ހެދުނުގެ 06:30 ހާއިކައިރު ކަމަށް ފުލުހުން މައުލޫމާތުދެއްވަ އެވެ. މި ރިޕޯޓާ ގުޅިގެން، ވިލިމާލޭ ޕޮލިސް އާއި މެރިން ޕޮލިސް ގުޅިގެން ކުރި މަސައްކަތުން އެ މީހާ ފެނިފައިވަނީ ހެނދުނު މޫދު އަޑިން ކަމަށެވެ.
ފުލުހުންގެ އެހީތެރިކަމާއެކު އެ މީހާ ވަގުތުން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ނަމަވެސް، ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް އެ މީހާ ވަނީ ނިޔާވެފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ޓަކައި ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.






.gif&w=3840&q=75)