
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު
ފެނަކައިގެ ކުރީގެ އެމްޑީ ސައީދު ގޭބަންދަށް ބަދަލުކޮށްފި

މުޙައްމަދު ފަޟްލޫން - 16 ފެބްރުއަރީ 2026 - 12:34
ކޮރަޕްޝަނާއި ހިޔާނާތުގެ ކުށްތައް ސާބިތުވެ ހުސްވި އަަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ހަތަރު އަހަރަށް ޖަލަށްލި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އަހުމަދު ސައީދު ގޭބަންދަށް ބަދަލުކޮށްފިއެވެ.
ސައީދު ގޭބަންދަށް ބަދަލުކުރީ އިއްޔެގެ ވަގުތެއްގައެވެ.
ސައީދު ގޭބަންދަށް ބަދަލުކުރީ ކިހާ ދުވަހަށް ކަމެއް ސާފު ނުވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
2018 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ފުރިހަމަނުވަނީސް، އެކަން ކަށަވަރުކުރުމެއް ނެތި ފައިސާ ދޫކޮށް، ވަކި ފަރާތަކަށް ނާޖާއިޒު މަންފާ ހޯދައިދިން މައްސަލައިގައި ސައީދުގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
ސައީދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާ އާ ހަވާލާދީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައެވެ.
މި ކުށަށް ގާނޫނުގައި ކަނޑައަޅާފައިވާ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.
މި މައްސަލައިގެ ޝަރީއަތް ނިންމަވައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އާދަމް މުހައްމަދު ވިދާޅުވީ، ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަސް ކަމަށްވީ ނަމަވެސް، އަދަބުގެ ދަރަޖަ މަތިކުރުމަށް ގާޒީއަށް ލިބިދޭ އިހުތިޔާރުގެ ދަށުން، މި މައްސަލައިގައި ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ކަމަށްވާ ހަތަރު އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅަންޖެހޭ ކަމަށެވެ.
ކްރިމިނަލް ކޯޓުން އިއްވި މި ހުކުމް ސައީދުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެން، އެ ކޯޓުން މިހާރު ވަނީ އެ މައްސަލަ ބަލައިގަނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރައީސްގެ ގަރާރަކުން ދެއިންތިހާބު އެއްކޮލުމާއި ބެހޭ އިސްލާހަށް ރައްޔިތުންގެ ވޯޓެއް ނަގަން ނިންމައިފި
23 މިނިޓު ކުރިން

ޑޮމެސްޓިކް ދަތުރުތައް ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލް އަށް ބަދަލުކުރަނީ
43 މިނިޓު ކުރިން

ވޭޕްގެ ވިޔަފާރިކުރި ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ގަޑިއިރެއް ކުރިން

ހުޅުމާލެ ހޮސްޕިޓަލްގެ ވޯޑުތަކަށް ޖާގަ އިތުރުކުރަން އާރްޑީސީއާ ހަވާލްކޮށްފި
ގަޑިއިރެއް ކުރިން


.gif&w=3840&q=75)