logo
ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު / ފޮޓޯ: އެމްއޭސީއެލް

ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު / ފޮޓޯ: އެމްއޭސީއެލް

ރަސްމާލެ މަޝްރޫއުގެ ސައިޓް އޭގެ 116 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެ

profile

މުޙައްމަދު ފަޟްލޫން - 12 ފެބްރުއަރީ 2026 - 08:22

ރަސްމާލެ ސައިޓް އޭ އިން ހިއްކުމަށް ކަނޑައަޅާފައިވާ 137.5 ހެކްޓަރުގެ ބިމުގެ ތެރެއިން، މިހާތަނަށް ޖުމްލަ 116.00 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިމިފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ.

https://wamco.com.mv/

116 ހެކްޓަރު ބިން ހިއްކައި ނިމުމާއެކު މިހާރު ރަސްމާލެ މަޝްރޫއުގެ ސައިޓް އޭގެ %84.36 ނިމިފައިވާ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

ތާވަލާ އެއްގޮތަށް މި މަޝްރޫޢުގެ މަސައްކަތްތައް ބާރުމިނުގައި ކުރިއަށްދާކަން އެމްއޭސީއެލް އިން ވަނީ ފާހަގަކޮށްފައެވެ.

ސައިޓް އޭ ހިއްކުމުގެ މަސައްކަތް ޖޭން ޑި ނަލް އިން ކުރިއަށްގެންދަނީ ދުނިޔޭގެ އެންމެ ބޮޑެތި 'ޓްރެއިލާ ސަކްޝަން ހޮޕަރ ޑްރެޖަރު' ތަކުގެ ތެރޭގައި ހިމެނޭ ކްރިސްޓޮބަލް ކޮލޮން ބޭނުންކޮށްގެންނެވެ.

46,000 ކިއުބިކް މީޓަރުގެ ތަކެތި އުފުލުމުގެ ގާބިލުކަން ލިބިފައިވާ މިފަދަ ޒަމާނީ އުޅަނދެއް މި މަސައްކަތުގައި ބޭނުންކުރުމަކީ، މި މަޝްރޫޢުގެ ބިޔަކަމާއި، ފަންނީ މާހިރުކަމުގެ އިތުރުން ހިންގުމުގެ ދާއިރާއިން މި މަސައްކަތް ކުރިއަށްދާ ހަލުވިކަމާއި ފުރިހަމަކަން ރަމްޒުކޮށްދޭ ކަމެއް ކަަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

ރަސްމާލެ ސައިޓް އޭ ހިއްކުމުގެ މަސައްކަތް އެމް.އޭ.ސީ.އެލް އިން ރަސްމީކޮށް ފަށާފައިވަނީ 1 ޑިސެމްބަރު 2025 ގައެވެ.

ރަސްމާލެ އަކީ މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ގެނެސްދޭނެ މަޝްރޫއެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay