
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށް އީސީ އިން ގުރުއަތު ނަގައިފި

މުޙައްމަދު ފަޟްލޫން - 12 ފެބްރުއަރީ 2026 - 07:54
ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ބާއްވާ ގުރުއަތުލް ކުރިއަށް ގެންގޮސްފިއެވެ.
ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަމްބަރު ކަނޑައަޅަން ބޭއްވުނު ގުރުއަތުލުން ފެށުނީ މިއަދު ހެނދުނު 10 ޖެހިއިރުއެވެ.
އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓިފައިވަނީ މާލެ ސިޓީގެ މޭޔަރުކަމުގެ ގޮނޑިއަށެވެ.
މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ފަރާތްތަކުގެ ގުރުއަތުލުންވެސް މިއަދު ވަނީ ބާއްވާފައެވެ.
މާލެ ސިޓީގެ މޭޔަރު ކަމަށް ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ މޫސާ އަލީ ޖަލީލްގެ ކެންޑިޑޭޓް ނަމްބަރަކީ 4 އެވެ. އެމްޑީޕީގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ މާލެ ސިޓީގެ މިހާރުގެ މޭޔަރު އާދަމް އާޒިމްގެ ކެންޑިޑޭޓް ނަމްބަރަކީ 3 އެވެ. މޯލްޑިވްސް ޑިވޮލަޕްމަންޓް އެލަޔަންސް އެމްޑީއޭގެ ޓިކެޓްގައި މާލެ ސިޓީ ކައުންސިލަށް ވާދަކުރައްވާ އަބްދުﷲ މަހްޒޫމް މާޖިދުގެ ކެންޑިޑޭޓް ނަމްބަރަކީ 5 އެވެ.
އަމިއްލަ ގޮތުން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ގ ފްރެސްލައިޓް، އަހްމަދު އައިހަމް މުހައްމަދު ގެ ކެންޑިޑޭޓް ނަމްބަރަކީ 1 އެވެ.
އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް އިސްމާއިލް ޒަރިޔަންދު ގެ ކެންޑިޑޭޓް ނަމްބަރަކީ 2 އެވެ.
ނަންތައް ތަރުތީބުކުރުމަށް ކުރިއަށް ގެންދިޔަ ގުރުއަތުލުމުގައި އިންތިހާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުން ބައިވެރިވެފައިވެއެވެ.
މިފަހަރުގެ އިންތިހާބުގައި ޖުމްލަ 2،993 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރޭގައި 6 ސިޔާސީ ޕާޓީއެއްގެ ކެންޑިޑޭޓުން ހިމެނެއެވެ.
މިއަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އިންތިހާބުކުރާއިރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށްވެސް 626 މެމްބަރުން އިންތިހާބުކުރަން ވަނީ ހަމަޖެހިފައެވެ.
އީސީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިފަހަރުގެ އިންތިހާބުގައި ވޯޓްލުމުގެ ހައްގު 294،937 މީހަކަށް ލިބިގެންވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ކުޑަހުވަދޫގައި ގާއިމްކުރި ޖިމް މެޑަމް ސާޖިދާ ހުޅުވައިދެއްވައިފި
10 ގަޑިއިރު ކުރިން

ރަސްމާލެ މަޝްރޫއުގެ ސައިޓް އޭގެ 116 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެ
14 ގަޑިއިރު ކުރިން

ޖަލުގައި މަރުވި ދެ ގައިދީއެއްގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވައިފި
15 ގަޑިއިރު ކުރިން

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
15 ގަޑިއިރު ކުރިން


