
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މުޙައްމަދު ފަޟްލޫން - 12 ފެބްރުއަރީ 2026 - 07:34
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ހިންގާ ހާއްސަ އޮޕަރޭޝަންގެ ދަށުން އިއްޔެ ހުޅުމާލެ ފޭސް 2 ހިޔާޓަވަރު ސަރަހައްދުގައި ހިންގަމުންދިޔަ ވިޔަފާރިތަކަށް ހާއްސަކޮށްގެން ރެއިޑް އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ.
މި އޮޕަރޭޝަންގައި 95 ބިދޭސީއެއް ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 10 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރަން މިސަރުކާރުން ދަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް 2 ލައްކަ އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފައެވެ.
ކުރަނގި އޮޕަރޭޝަންގެ ދަށުން ބިދޭސީންގެ މައުލޫމާތު އެއްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ގަވާއިދުގެ ތެރެއަށް ވަނުމަށް ސަރުކާރުން ވަނީ ފަށާފައެވެ.
ގަވާއިދާ ހިލާފަށް ސައްހަ ވިސާ އެއް ނެތި އުޅެމުންދާ ބިދޭސީން ގަވާއިދުގެ ތެރެއަށް ވަނުމަށް ފުރުސަތު ހުޅުވާލުމުން އެކަމަށް އެދި މިހާތަނަށް 3837 އެޕްލިކޭޝަން ލިބިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ސަރުކާރުގެ އަމާޒަކީ 3 އަހަރު ދުވަހުގެ ތެރޭގައި ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމެވެ.
ގުޅުން ހުރި ޙަބަރުތައް

ކުޑަހުވަދޫގައި ގާއިމްކުރި ޖިމް މެޑަމް ސާޖިދާ ހުޅުވައިދެއްވައިފި
12 ގަޑިއިރު ކުރިން

ރަސްމާލެ މަޝްރޫއުގެ ސައިޓް އޭގެ 116 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެ
16 ގަޑިއިރު ކުރިން

ޖަލުގައި މަރުވި ދެ ގައިދީއެއްގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވައިފި
17 ގަޑިއިރު ކުރިން

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށް އީސީ އިން ގުރުއަތު ނަގައިފި
17 ގަޑިއިރު ކުރިން


