logo

ޖަލުގައި މަރުވި ދެ ގައިދީއެއްގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވައިފި

profile

މުޙައްމަދު ފަޟްލޫން - 12 ފެބްރުއަރީ 2026 - 07:55

ޙުކުމް ތަންފީޒުކުރަމުން ދަނިކޮށް ޖަލުގައި މަރުވި ދެ ގައިދީއެއްގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

https://wamco.com.mv/

ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މިމަހުގެ 2 ވަނަ ދުވަހު މަރުވެފައިވަނީ، އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ ދަފްތަރު ނަމްބަރު 439، އުމުރުން 53 އަހަރުގެ އިބްރާހިމް ސުޙެއިލްއާއި، ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ ސ. ހިތަދޫ، ދިއްގާގަސްދޮށުގެ، އުމުރުން 45 އަހަރުގެ ހަސަން ނިޔާޒްއެވެ.

މީގެތެރެއިން އިބްރާހިމް ސުޙެއިލްގެ ސިއްޙީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފްތާއެއް ފަހުން އޭނާ މަރުވީ ނިއުމޯނިއާ ޖެހިގެންނެވެ.

ނިޔާޒް މަރުވީ އޭނާއަށް ކުއްލި މެޑިކަލް އިމަރޖެންސީއެއް ދިމާވެ، ހުޅުމާލޭ ހޮސްޕިޓަލުގައި އަވަސް ފަރުވާދެމުން ދަނިކޮށެވެ.

މި ދެ މީހުން ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާކަން ހާމަކޮށްފައި ވަނީ އާދީއްތަ ދުވަހުއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay