logo

ސިޑްސް ކޮންފަރެންސްގައި ރާއްޖެއިން ބޭނުންވި ގިނަ ކަންތައްތަކެއް ހާސިލުވި: ހީނާ

profile

އަހުމަދު ޒަލީފު - 29 މޭ 2024 - 22:14

ރައީސް އޮފީހުގެ ސްޕޯކްސް ޕާރސަން ހީނާ ވަލީދު

ރައީސް އޮފީހުގެ ސްޕޯކްސް ޕާރސަން ހީނާ ވަލީދު

ސިޑްސް ކޮންފަރެންސްގައި ދިވެހިރާއްޖެއިން ހާސިލުކުރަން ބޭނުންވި މުހިންމު ގިނަ ކަންތައްތަކެއް ހާސިލުކުރެވުނުކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހީނާވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް ކޮންފަރެންސްގައި ކުރައްވާފައިވާ މަސައްކަތްތަކުގެ ބައެއް އުސްއަލިތައް މީޑިއްާތަކާއި ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރައީސް މުއިއްޒު 7 ފުރުސަތެއްގައި އެ ކޮންފަރެންސްގައި ވާހަކަދައްކަވާނެކަމުގެ މައުލޫމާތު މީގެ ކުރިން ދީފައިވާނެކަމަށާއި މިހާރު އެމަނިކުފާނުވަނީ އެ މަސައްކަތްތައް ނިންމަވާލައްވާފައިކަމަށް ހާމަކުރެއްވިއެވެ.

ހީނާ ވިދާޅުވީ މަލްޓިލެޓަރަލް އޯރގަނައިޒޭޝަންތަކާއިއެކު ބައެއް ބައްދަލުވުންތައްވެސް ބޭއްވިފައިވާކަމަށާއި އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ސޭޝެލްސްއާއިއެކުކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ދެ ގައުމުގެ ރައީސުންވަނީ ވަރަށް ފުޅާ ދާއިރާއެއްގައި ސިޑްސްގެ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިކަމަށާއި އެކަންކަމުން އަރައިގަތުމާއި ގުޅޭގޮތުންވެސް ވާހަކަދެއްކެވިކަމަށް ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، ރައީސްވަނީ ސިޑްސްގެ ގްލޯބަލް ބިޒްނަސް ނެޓްވޯކް ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ވާހަހަކަދައްކަވާފައިކަމަށެވެ. އަދި މި ފޯރަމް ނިންމާލުުގެ ރަސްމިއްޔާތުގައި ރައީސް ވަނީ މުހިންމު ތިން ކަމެއްގެ މައްޗަށް އަލިއަޅުއްވާފައިކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެމަނިކުފާނު ވަނީ ޒުވާނުންނަށާއި ކުދި ވިޔަފާރިތަކަށް އިންވެސްޓުމެންޓުތައް ފަހިކުރުމަށް ގޮވާލާފައިކަމަށާއި ތަރައްގީވަމުން އަންނަ ގައުމުތަކުގެ އަމިއްލަ ވިޔަފާރިތަކަށް މިހާރަަށްވުރެވެސް ބޮޑަށް އެއްބާރުލުން ބޭނުންވާކަމަށްވެސް ފާހަގަކުރެއްވިކަމަށާއި އެމަނިކުފާނު ވަނީ ތަފާތުކުރުމެއް ނެތި އެންމެން ޝާމިލުވާ ގޮތަށް ކަންކަން ކުރުމަށް އިސްކަން ދިނުމަށްވެސް އެމަނިކުފާނު ގޮވާލެއްވިކަމަށް ހީނާ ވިދާޅުވިއެވެ.

tel:+9607331319