logo

އައިކޮމް އިން ޕީޖީ އަށް ހުށަހަޅާފައި ވަނީ 2022ގެ މައްސަލައެއް: ހީނާ

profile

ޝުރުފާ މުހަންމަދު - 23 ޖުލައި 2024 - 14:46

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު---

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު---

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތެއް ސާފުކުރުމަށް އެދި ހުށަހެޅުމުންވެސް މައުލޫމާތު ނުދީ ހިފަހައްޓާފައިވާތީ އިންފޮމޭޝަން ކޮމިޝަނަރުގެ ފަރާތުން ޕީޖީ އަށް ހުށަހަޅާފައި ވަނީ މި ސަރުކާރަށް ދެކޮޅަށް އޮތް މައްސަލައެއް ނޫން ކަމަށް ސަރުކާރުން ބުނެފި އެވެ.

މައުލޫމާތެއް ހޯދުމަށް އެދުމުން އެ މައުލޫމާތު ނުދީ ހިފަހައްޓާފައިވަތީ، ގާނޫނަށް ޚިލާފުވެފައިވާ ކަމަށް ބުނެ އިންފޮމޭޝަން ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވީ އިއްޔެގަ އެވެ. އަދި ޕީޖީ އޮފީހުން މިއަދު ވަނީ އެކަމުގައި ޖިނާއީ ކުށެއް އޮތްތޯ ބެލުމަށް ފުލުހަށް ފޮނުވާފަ އެވެ.

އެކަމާ ގުޅިގެން ހީނާ ވިދާޅުވީ އާރްޓީއައި ގެ ދަށުން، ރައީސް އޮފީހުން މަޢުލޫމާތު ނުދީގެން، ޖިނާއީ ދަޢުވާކޮށްދެއްވުން އެދި އިންފޮމޭޝަން ކޮމިޝަނަރުގެ ފަރާތުން ޕީޖީއަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ، މި ސަރުކާރާ ގުޅުންހުރި މައްސަލައެއް ނޫން ކަމަށެވެ. އަދި އެއީ، މި ސަރުކާރު ފެށުމުގެ މާކުރީން ކޮވިޑް ވެކްސިންގެ މަޢުލޫމާތުތަކެއް ސާފުކުރަން 2022 ވަނަ އަހަރު ހުށަހަޅާ އޭރު މަޢުލޫމާތު ނުދީ އޮތް މައްސަލައެއް ކަމަށް ހީނާ ވިދާޅުވި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައިވާ ގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކާ މެދު އިސްތިއުނާފުނުކޮށް، އަދި އެ ނިންމުމަށް އަމަލު ވެސް ނުކޮށް ވަނިކޮށް 45 ދުވަސް ފާއިތުވެއްޖެ ނަމަ، އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަ ޝަރުއީ ކޯޓަށް ފޮނުވުމަށް އެދި، ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭނެ އެވެ.

tel:+9607331319