logo

ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް މުލީއާގޭން ފައިސާ ދޭ ކަމަށް ބުނެ ފަތުރަނީ ދޮގެއް

profile

ޒިދާން މުޙައްމަދު - 30 ޖޫން 2024 - 15:00

ރައީސް އޮފީހުގެ ސްޕޯކްސް ޕާރސަން ހީނާ ވަލީދު

ރައީސް އޮފީހުގެ ސްޕޯކްސް ޕާރސަން ހީނާ ވަލީދު

ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް މުލީއާގޭން ފައިސާ ދޭ ކަމަށް ބުނެ ފަތުރާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް މުލީއާގޭން މަހަކު 50،000 ރުފިޔާ ދޭކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ދެއްކެވި ވާހަކައަކީ ކަނޑައެޅިގެން ބުހުތާނު ދޮގެއް ކަމަށެވެ.

ޓީވީ ޕްރޮގުރާމެއްގައި މިދިޔަ ބުދަ ދުވަހު ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް ވިދާޅުވީ، މަޖިލީހަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ގޮތަކަށް ހިންގަންޖެހޭ ތަނެއްކަމަށް މި ސަރުކާރަށް ހީވެގެން އުޅޭ މަންޒަރު ފެންނަ ކަމަށާއި، އެ މެންބަރުންނަށް މުލީއާގެއިން 50،000 ރުފިޔާ ދޭ ކަމަށެވެ.

އެކަމަކު، މި ވާހަކަތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހިނާ ވަނީ އެކަމަނާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދޮގުކުރައްވާފައެވެ.


20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮންނަނީ ޕީއެންސީއަށެވެ. މިހިނގާ މަޖިލީހުގެ ރައީސަކަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވަން އަބްދުއްރަޙީމް އަބްދުﷲ އަދި ނައިބު ރައީސަކަށް އަހުމަދު ނާޒިމް އިޚުތިޔާރުކުރެއްވީ ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުން އިދިކޮޅު އެމްޑީޕީއަށް ލިބުނީ އެންމެ 12 ގޮނޑިއެވެ. މިއީ، އެ ޕާޓީގެ ތާރީޚުގައި ވެސް އެންމެ މަދު އަދަދަކަށް ގޮނޑި ލިބުނު ފަހަރެވެ.


tel:+9607331319