
ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިހްސާން / ފޮޓޯ: ރައީސް އޮފީސް
މެއި މަހުގެ ދެވަނަ ދުވަހު އޮޕަރޭޝަން ކުރަނގީގެ 3 ވަނަ ފޭސްގެ މަސައްކަތް ފަށާނެ: ވަޒީރު އިހްސާން

މުޙައްމަދު ފަޟްލޫން - 23 އޭޕްރީލު 2026 - 08:40
އަންނަ މެއި މަހުގެ ދެވަނަ ދުވަހު އޮޕަރޭޝަން ކުރަނގީގެ 3 ވަނަ ފޭސްގެ މަސައްކަތް ފަށާނެ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އިހްސާން ވިދާޅުވީ އަންނަ މެއި މަހުގެ 2 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް 1 އަހަރު ދުވަހުގެ ތެރޭގައި އޮޕަރޭޝަން ކުރަނގީގެ 3 ވަނަ ފޭސްގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އެގޮތުން މި މުއްދަތުގައި ގަވާއިދާ ހިލާފަށް ވޯކްޕާމިޓް ނެތި އުޅެމުންދާ ބިދޭސީން ރާއްޖެއިން ޑީޕޯޓް ކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މެއި 2 ވަނަ ދުވަހުން ފެށިގެން ވިސާ ފީ އާއި އެނޫންވެސް ބިދޭސީންނާއި ގުޅުންހުރި ދައުލަތަށް ދައްކަންޖެހޭ ފީތައް ގަވާއިދުން ނުދައްކާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅައި ރާއްޖެއިން ޑީޕޯޓް ކުރާނެ ކަމަށް ވެސް ވަޒީރު އިހްސާން ވިދާޅުވިއެވެ.
މިހާތަނަށް ހިންގުނު އޮޕަރޭޝަންގައި ގަވާއިދުން ވޯކް ޕާމިޓްފީ އާއި ވިސާ ފީ އާއި ކޯޓާފީ ދައްކަމުންދަނީ 62 ޕަސެންޓް މީހުންކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ އިތުރަށް ތިބި ހުރިހާ އެންމެންނަކީ ގަވާއިދާ ހިލާފަށް ފީ ނުދައްކާ ރާއްޖޭގައި އުޅެމުންދާ ފަރާތްތައް ކަމުން އެފަރާތްތައް ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތަނުގައި ކުރިއަށްދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އިހްސާން ވަނީ ބިދޭސީ މުވައްޒަފުން ގެންގުޅޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފީތައް ދައްކައި ގަވާއިދުން ނަގަންޖެހޭ ހުއްދަތައް ނަގައިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.
ވިސާ އާއި ވޯކްޕާމިޓް ފީ ދައްކާއިރު ދެން ދައްކަންޖެހޭ މުއްދަތުވެސް އެކްސްޕެޓް އޮންލައިން ސިސްޓަމުން ފެންނަން ހުންނާނެކަން ފާހަގަކުރައްވައި ވަޒީރު ވަނީ އެމަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިވަޑައިގެންފައެވެ.
އެންފޯސްމެންޓް ފަށައި ބިދޭސީ އަކު ހައްޔަރަށް ގެންނަ ހިސާބުން ކޮންމެ ފަރާތަކުން ގުޅި ނަމަވެސް އެމީހަކު ދޫކުރުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް ބިދޭސީ އަކު ހައްޔަރުކުރުމަށްފަހު އެ ފަރާތެއް ދޫކޮށްލަން އެދުމުން، އިދާރީ މައްސަލަތަކާއި އެހެނިހެން ގުޅުންހުރި މައްސަލަތައް އެންފޯސްމެންޓްގެ ފަރާތުން ބަލާނެ ކަމަށްވެސް އިހްސާން ވިދާޅުވިއެވެ.
ކުރިން ގޮތް ނޭނގި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބިދޭސީންގެ އަދަދު އެއްލައްކައިން 2930 އަށް މަދުކުރެވިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި އެކަމަކީ މިއަދުގެ ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ބުރަ މަސައްކަތްޕުޅެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ ނުގަވާއިދުން އުޅެމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ބޭންކް އޮފް މޯލްޑިވްސް އިން އައު ހޯމް ފައިނޭންސިން އެއް
24 މިނިޓު ކުރިން

ޖާބިރު ޕީއެންސީއަށް ސޮއިކުރައްވައިފި
2 ގަޑިއިރު ކުރިން

86 ކިލޯގެ ޑްރަގްސް ކަސްޓަމްސް އިން އަތުލައިގަނެފި
4 ގަޑިއިރު ކުރިން

އަންނަ ހަފުތާގައި ބޮޑުތަކުރުފާނު މަގުގައި ތާރުއެޅުމުގެ މަސައްކަތް ފަށާނެ: އެމްޓީސީސީ
4 ގަޑިއިރު ކުރިން


.gif&w=3840&q=75)