
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން އަފީފު ވަކިކޮށްފި

ޖިނާން ޙުސައިން ޖަބީން - 14 އޮކްޓޯބަރު 2026 - 15:28
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަފީފު ހުސައިން އެ މަގާމުން މިއަދު ވަކިކޮށްފިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިކަން ކަށަވަރުކޮށްދެމުން ހާމަކުރި ގޮތުގައި، އަފީފު ވަނީ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމުގެ އިތުރުން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުކަމުން ވެސް ވަކިކޮށްފައެވެ.
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އަފީފު އައްޔަންކުރެއްވީ، މި އަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ. އޭނާ އެ މަގާމުގައި ހޭދަކުރެއްވީ އެންމެ ހައެއްކަ މަސްދުވަހެވެ.
އަފީފު މަގާމުން ވަކިކޮށްފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، ފެނަކަ ކޯޕަރޭޝަން އުވާލައި އެ ކުންފުނީގެ އެންމެހައި މަސައްކަތްތަކާއި ހިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތްތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
އެގޮތުން، ފެނަކައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދެމުން އައި އަސާސީ ހިދުމަތްތައް ސްޓެލްކޯއާ ހަވާލުކުރުމުގެ މަރުހަލާގެ ދަށުން، ރާއްޖޭގެ އުތުރާއި ދެކުނުގެ ގިނަ ރަށްތަކެއްގެ އޮޕަރޭޝަންތައް މިހާރު ވަނީ ސްޓެލްކޯއާ ރަސްމީކޮށް ހަވާލުކޮށްފައެވެ. އަދި ބާކީ ހުރި ރަށްތަކުގެ މަސައްކަތްތައް ވެސް ސްޓެލްކޯގެ ދަށަށް ގެނައުމުގެ ތައްޔާރީތައް ސަރުކާރުން ދަނީ މިހާރު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓް ލިމިޓެޑްގެ ބޯޑަށް 7 ބޭފުޅަކު އައްޔަންކުރައްވައިފި
7 ދުވަސް ކުރިން
އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ޙާރިޘް
3 މަސް ކުރިން

ޕީސީބީގެ ބޯޑަށް ޒައިނާ ޢަބްދުﷲ އައްޔަނުކޮށްފި
4 މަސް ކުރިން

ފެނަކައިގެ ރިޑަންޑެންސީން 20 މިލިޔަން ރުފިޔާ ސަލާމަތްވާނެ: ފެނަކަ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު
4 މަސް ކުރިން


