logo

މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓް ލިމިޓެޑްގެ ބޯޑަށް 7 ބޭފުޅަކު އައްޔަންކުރައްވައިފި

profile

ޖިނާން ޙުސައިން ޖަބީން - 08 އޮކްޓޯބަރު 2026 - 07:41

ދީނީ އެކި ކަންކަމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވަގުފު މަޝްރޫއުތައް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ "މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓް ލިމިޓެޑް" ގެ ޑިރެކްޓަރުންގެ ބޯޑަށް މިއަދު 7 ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

https://wamco.com.mv/

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ މި މަގާމުތަކަށް އައްޔަންކުރެވުނު ބޭފުޅުންގެ މައުލޫމާތު ހިއްސާކުރައްވައިފައެވެ. އަލަށް އެކުލަވައިލެވުނު ބޯޑުގެ ޗެއަރޕާސަންގެ މަގާމަށް އައްޔަންކުރައްވާފައިވަނީ އައްޝައިހް އިއްޒައްދީން އަދުނާނެވެ. އަދި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ޔާމީން އިދްރީސް ހަމަޖައްސަވާފައިވާއިރު، ބޯޑުގެ މެންބަރުންގެ ގޮތުގައި އިތުރު ފަސް ބޭފުޅަކު ވަނީ ހަމަޖައްސަވައިފައެވެ.

މި ބޯޑަށް ދެން އައްޔަންކުރެއްވި ފަސް ބޭފުޅުންނަކީ:

• ހުސައިން ޝާމް އާދަމް

• ޑރ. މުހައްމަދު ޝުޖާއު

• މަރްޔަމް ނިހާޔަތު

• އަބްދުﷲ އަލީ

• މުހައްމަދު ހިލްމީ

View post on Twitter

މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓް ލިމިޓެޑަކީ، ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ބާރުގެ ދަށުން، ހުސްވި ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އުފެއްދެވި ކުންފުންޏެކެވެ. މި ކުންފުނި އުފެއްދެވުމުގެ އެންމެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ވަގުފު ފަންޑު އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ދީނީ ކަންކަމަށް މާލީ ނަފާ ހޯދޭނެ މަގުތައް ތަނަވަސްކުރުމެވެ. މި ކުންފުނީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފު އިމާރާތްތައް ބިނާކުރުމާއި، އެ ތަންތަން އެންމެ އެދެވޭ ގޮތުގައި ބަލަހައްޓައި މަރާމާތުކުރުން ހިމެނެއެވެ.

ހަމައެހެންމެ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިސްކިތްތައް ބިނާކޮށް އާބާތުރަ ފިލުވުމުގެ އިތުރުން، އިސްލާމީ ޝަރީއާގެ ހަމަތަކަށް ފެތޭ ވިޔަފާރީގެ އެކި މުއާމަލާތްތައް ކުރިއަށްގެންގޮސްގެން، ދީނީ ދާއިރާއަށް ބޭނުންވާ މާލީ ވަސީލަތްތައް އިތުރަށް ތަރައްގީކޮށް ކުރިއެރުވުން ހިމެނޭކަން ފާހަގަކޮށްލަންޖެހެއެވެ.

https://wamco.com.mv/
tel:+9607331319