logo

މަސްތުވާތަކެތީގެ މައްސަލަތަކުގައި މިއަހަރުތެރޭ 951 މީހަކު ހައްޔަރުކުރެވިފައިވޭ: ސީޕީ ނަވީން

profile

މުޙައްމަދު ފަޟްލޫން - 19 ޑިސެމްބަރު 2025 - 11:04

މަސްތުވާތަކެތީގެ މައްސަލަތަކުގައި މިއަހަރުތެރޭ 951 މީހަކު ހައްޔަރުކުރެވިފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ނަވީން ވިދާޅުވީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުން މިހާތަނަށް ރާއްޖޭގައި 181 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

ޑްރަގްގެ މައްސަލަތަކުގައި މިހާތަނަށް 121 ބިދޭސީޢަކު އިމިގްރޭޝަނާއި ހަވާލުކޮށްފައިވާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

ޑްރަގްގެ ވަބާގައި ޖެހިގެން އުޅުނު 291 ފަރާތެއް އެންޑީއޭ ރީހަބާއި ހަވާލްކުރެވިފައިވާ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

ބާޒާރުމަތީ އަގުގެ ގޮތުގައި 865 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މިހާތަނަށް އަތުލައިގަނެވިފައިވާ ކަަމަށް ސީީޕީ ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ 656 ކޭސް ރިޕޯޓްކޮށްފައިވާއިރު، އޭގެތެރެއިން 263 ކޭސްގެ މައްސަލަ މިހާރު ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

މީގެ އިތުރުން އިމިގްރޭޝަނާއި އެކު މާލެ ސަރަހައްދުގައި ފުލުހުން 102 ޖޮއިންޓް އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ގަވާއިދާ ހިލާފަށް އުލެމުންދިޔަ 830 ބިދޭސީން އިމިގްރޭޝަނާއި ހަވާލްކުރެވިފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

އިމިގްރޭޝަން ގާނޫނާއި ގަވާއިދާ ހިލާފްވެގެން 278 ފަރާތެއް އިމިގްރޭޝަނާއި ހަވާލުކުރެވިފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ކުށުގެ ވެށީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރޭގައި ކުޑަކުދިން އިތުރުވެފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay